ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލްގެ ނަމްބަރު ((IUL)GS-59-B/PRIV/2017/16) އިޢުލާނާ ގުޅިގެން  އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

2018 ވަނައަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ގޭގައި މަދުވެގެން 2 ކޮޓަރި ސިޓީންރޫމް ކާގެ، ބަދިގެ، ލޯންޑްރީ ބައި ހިމެނެން ވާނެއެވެ.

ވީމާ، ގެ ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 14ވަނަ ދުވަހުގެ 14:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެންބަރު 21 ވަނަ ދުވަހުގެ 14:00 އަށް ގެ ކުއްޔަށް ދޫކުރެވޭނެ އަގާއި ގޭގެ ފްލޯޕްލޭން އަދި އިންވެންޓްރީ ލިސްޓާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 6540540 އަށް ގުޅުއްވުން އެދެމެވެ.

19 ރަބީޢުލްއައްވަލް 1439

07 ޑިސެންބަރު 2017
ހޯދާ