ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޖާރނަލިސްޓް

މަޤާމް :އެސިސްޓެންޓް ޖާރނަލިސްޓް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

މަޤާމު: އެސިސްޓެންޓް ޖާރނަލިސްޓް

މުސާރަ އާއި އެލަވަންސް

މަހަކު -/5900ރ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

TP 7

ބޭނުންވާ ޢަދަދު

1

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއަރޒް

އިތުރު އިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރ ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 6 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ޚަބަރު އުފެއްދުމާއި ޚަބަރާ ގުޅޭ ވީޑިއޯ، އޯޑިއޯ އަދި ފޮޓޯތައް ނެގުން ނުވަތަ ހޯދުން.
  • ނިވްސް ހެޑް ނުވަތަ ޑެޕިއުޓީ ނިވްސްހެޑް ނުވަތަ އިންޗާޖް ނުވަތަ ޑެސްކް ހެޑް އަންގާ ގޮތެއްގެ މަތިން ޚަބަރާއި މައުލޫމާތު (ނިވްސްގެދަރިންގ) ހޯދުމުގެ އެންމެހާ މަސައްކަތްކުރުން
  • ޕީ އެސް އެމްގެ އެޑިޓޯރިއަލް ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ހެދުމާއި، ޚަބަރުކިޔުން. ޕްރޮގްރާމް ޕްރެޒެންޓްކުރުން
  •  ކުރަން ޖެހިއްޖެ ހާލަތެއްގައި ޚަބަރު ހެދުމާއި ކެމެރާ ކުރުމާއި އެޑިޓް ކުރުމުގެ ޢަމަލީ މަސައްކަތާއި ދިރާސާ ކުރުމާއި އަދި އެހެނިހެން އިވެންޓް ތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.
  • ޙަވާލުކުރާ ޓާސްކްތައް ނުވަތަ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކަނޑައެޅިފައިވާ ވަގުތުގައި ފުރިހަމަކުރުން،

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
    • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 ނޮވެމްބަރ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000284 އާއި ގުޅުއްވުން އެދެމެވެ.

                         27 ޞަފަރު 1439

                        16 ނޮވެމްބަރ 2017

 

16 ނޮވެންބަރު 2017
ހޯދާ