މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު

ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު

ކޯހުގެ ނަން:             ސެޓްފިކެޓް 03 އިން ސެކިއުރިޓީ އޮޕަރޭޝަންސް

ޖާގައިގެ އަދަދު:           20 ޖާގަ

ކޯސް ހިންގާ ފަރާތާއި ޤައުމު:   އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް / މޯލްޑިވްސް ޕޮލިސް ސަރވިސް

ކޯހުގެ މުއްދަތު:           03 މަސް   

ކޯސް ހިންގޭ ތަން:         ކ.މާލެ

ކޯސް ފެށޭ ތާރީޚް:        ފެބުރުވަރީ 2018

ޝަރުޠު:

- އަސާސީ ތަޢުލީމް ހާޞިލްކޮށްފައިވުން (ގްރޭޑް 07 ފުރިހަމަކޮށްފައިވުން) ނުވަތަ؛

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލްކުރާ ލެވެލް 02 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

- ރަނގަޅަށް ފަތަން ދަންނަ ފަރާތެއްކަމުގައިވުން.

ހުށަހަޅާންޖެހޭ ލިޔުންތައް:

- ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯރމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ވަނަވަރު.

- އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ.

އިތުރު މަޢުލޫމާތު:

- މިކޯހުގެ ފީއެއްގެ ގޮތުން ކޮންމެ ބައިވެރިއަކު މަހަކު -/1500 (ފަނަރަ ސަތޭކަ ރުފިޔާ)  ދައްކަން ޖެހެއެވެ.

- މިކޯހަށް މީހުން ހޮވުމުގައި ފިޒިކަލް އަދި ސްވިމިންގ ޓެސްޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

- މިކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، ޕޮލިސް ސްޓާފް ސަރޖަންޓް އާދަމް ނަޞީރުގެ ފޯން ނަންބަރު 9637845 ގުޅުއްވުން އެދެން.

ސުންގަޑި:

މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން 2017 ޑިސެމްބަރު 07 ވަނަ ދުވަހުގެ 15:00 ގެ ކުރިން އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް އަށް ހުށަހެޅުމަށް ދަންނަވަމެވެ.

16 ޞަފަރު  1439

05 ނޮވެމްބަރު 2017

05 ނޮވެންބަރު 2017
ހޯދާ