ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮނބި އެޅުމަށް، ބޮނބި ތެޅުމަށް ޚާއްޞަކުރެވޭ ސަރަޙައްދުތައް.

ހދ.މަކުނުދޫގައި ބޮނބި އެޅުމަށް (ބޮނބިފާ ހެދުމަށް) އަދި ބޮނބި ތެޅުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތައް ތިރީގައި އެވަނީއެވެ. މިގޮތަށް ހަމަޖައްސަން މިޖެހުނީ މިހާރަކަށް އައިސް ރަށުގެ އެކި ސަރަޙައްދުތަކުގެ ގޮނޑުދޮށުގައި ބޮނބިފާކުރުމަށްޓަކައި ބޮނބި ވަޅުލަމުން ދާތީ، މިކަމުގެ ސަބަބުން ރަށުގެ ރީތި ގޮޑުދޮށްތައް ހަޑިވަމުން ދާތީއެވެ. އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި އެ ނޫންވެސް އެކި ސަރަޙައްދުތަކުގެ ހޭޅިމަތީގަޔާއި، ހިއްފަސޭހަކޮށްލުމަށް އޮންނަ އަތިރިމަތީ ސަރަޙައްދުތަކުގައިވެސް ބޮނބިތަޅާ، އެ ތަންތަން ހަޑިވަމުން ދާކަން ފާހަގަކުރެވިފައިވާތީއެވެ.

  • ބޮނބި އަޅާ ސަރަޙައްދުތައް:

1-      މަކުނުދޫގެ ދެކުނުފަރާތު ގޮނޑުދޮށް ( ފުންގަނޑު ފަރާތު ކޮއްލަވަނި)،

2-      މަކުނުދޫގެ ހުޅަނގު އުތުރު ގޮނޑުދޮށް ( "އަރުތަ" ގެއާދިމާ ކަންމަތި، ގޮނޑުދޮށް).

  • ·         ބޮނބި ތަޅާ ސަރަޙައްދުތައް:

1-      މަކުނދޫގެ ދެކުނު ފަރާތު ހޭޅިމަތި ( ފުންގަނޑު ފަރާތް )

2-      މަކުނުދޫގެ އިރުމަތި ފަރާތު ހޭޅިމަތި ( ޓްރެކް ދަނޑުގެ ދެކުނު އިމާ ދިމާ )

3-      މަކުނދޫގެ ހުޅަނގު އުތުރު ހޭޅިމަތި ( "އަރުތަ" ގެއާދިމާ ކަންމަތި ).

 

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 

ޝުކުރިއްޔާ

10 ޞަފަރު 1439

30 އޮކްޓޯބަރ 2017

 

 

30 އޮކްޓޫބަރު 2017
ހޯދާ