މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެދަރ ސްޓޫޑިއޯ އަޕްގްރޭޑްކޮށް، އިކުއިޕްމަންޓްތައް އިންސްޓޯލް ކުރުމާއި ގުޅޭ

އިޢުލާން

  ނަންބަރު:MMS-A/2017/28

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެދަރ ސްޓޫޑިއޯ އަޕްގްރޭޑްކޮށް، އިކުއިޕްމަންޓްތައް އިންސްޓޯލް ކުރުމާއި ގުޅޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެއްވަމުންގެންދަވާ މޫސުމާބެހޭ މަޢުލޫމާތުތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، މިސަރވިސްގެ ވެދަރ ސްޓޫޑިއޯ އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާއި ބެހޭ މަޢުލޫމާތު ހަރުދަނާ ކުރުމުގެ ގޮތުން، މިސަރވިސްގެ ވެދަރ ސްޓޫޑިއޯއަށް ބޭނުންވާ އިކުއިޕްމަންޓްތައް ފޯރުކޮށްދީ، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް 08 އޮކްޓޯބަރު 2017 ވަނަ ދުވަހު ކުރެވުނު ނަންބަރު MMS-A/2017/26 ގެ އިޢުލާނުގެ ޓާރމްސް އޮފް ރިފަރެންސް އަށް ބަދަލު ގެނައުމަށް ފަހު، އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 

ރަޖިސްޓްރީ ކުރުމާއި އަންދާސީހިސާބުތަށް ހުޅުވުން

އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގެ ރިސެޕްޝަން ގައި ބޭއްވިފައިވާ ރެޖިސްޓްރޭޝަން ޝީޓުގައި ނަން ނޯޓު ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުން ކުރިޔަށް ދާނީ 23 އޮކްޓޯބަރު 2017 ގެ ހެނދުނު 0800 އިން ފެށިގެން 29 އޮކްޓޯބަރު 2017 ގެ މެންދުރުފަހު 1300 ގެ ނިޔަލަށް، ސަރުކާރުގެ ރަސްމީ ގަޑިތަކުގައެވެ.

31 އޮކްޓޯބަރު 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގައި، އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ބިޑުތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭ ހުރިހާ ކަންކަން މިއިދާރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް، ތިރީގައިމިވާ ލިންކްއިން ލިބިވަޑައިގަންނަވާނެއެވެ.

ލިންކް: http://meteorology.gov.mv/uploads/TOR-Supply&delivery_the_equipments_to_upgrade_the_studio_of_MMS.pdf

  އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރަގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

22 އޮކްޓޫބަރ 2017

22 އޮކްޓޫބަރު 2017
ހޯދާ