މަޑިފުށީ ސްކޫލް، ތ. މަޑިފުށި
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަންބޭނުންވެއްޖެ

އިޢުލާން

 

ގެއެއް ކުއްޔަށް ހިފަންބޭނުންވެއްޖެ:

         
               2018 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިދަންނަވާ ޝަރުޠުތައް ފުރިހަމަވާގޮތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

  • 3 ނިދާކޮޓަރި (ފަރުނީޗަރާއި ފާޚާނާ ހުރި)
  • މަދުވެގެން 1 ކޮޓަރީގައި އެއަރކޯން ހަރުކުރެވިފައިހުރުން
  • ސިޓިންގރޫމް (ފަރުނީޗަރާއެކު)
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް، ވަކި މީޓަރެއް ލާފައިވުން
  • ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށިތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  •  ގޭތެރޭ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން.

 

              ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުޞީލް

ތަން

ތާރީޚާއި ގަޑި

މަޢުލޫމާތުދިނުމުގެ ބައްދަލުވުން

މަޑިފުށީ ސްކޫލުގެ އޮފީސް

26 އޮކްޓޫބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި

އަންދާސީހިސާބު ހުށަހެޅުން

މަޑިފުށީ ސްކޫލުގެ އޮފީސް

31 އޮކްޓޫބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00 ގައި

 

              ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

22 އޮކްޓޫބަރ 2017

22 އޮކްޓޫބަރު 2017
ހޯދާ