ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ޑްރައިވަރ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް 2 (ރޭންކް: އެސް.އެސް 2)

ޢަދަދު

01 (އެކެއް)

މަސައްކަތްކުރަންޖެހޭތަން

ކުރިމިނަލް ކޯޓު

އަސާސީ މުސާރަ

-/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/1000ރ (އެއްހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
  • ލިވިންގ އެލަވަންސް -/2700ރ (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު

1-     ލިޔަންކިޔަން ދަަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމުރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލުކޮށްފައިވުން، ނުވަތަ

2-     މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބިގެންދިއުމާއެކު، SS 1 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

ކޯޓުން ކަނޑައަޅާ ދަތުރުތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1-     ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު

2-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-     ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-     ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު

5-     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

6-     އެއްގަމުގައިދުއްވާ އިންޖީނުލީ އެއްޗެތި ދުއްވުމުގެ ލައިސަންސްގެ ކޮޕީ

 

 

ސުންގަޑި

31 އޮކްޓޫބަރު 2017 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  • މިމަޤާމަށް މީހުން ހޮވުމުގައި ހީވާގި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްޙަތު ރަނގަޅު މީހުންނަށް އިސްކަންދެވޭނެއެވެ.
  • ވަޒީފާއަށްއެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
 މިކޯޓުގެ ނަންބަރު: (19.09.2017) 145-A/2017/23 އިޢުލާން ބާޠިލްކޮށްފީމެވެ.
18 އޮކްޓޫބަރު 2017
ހޯދާ