ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓު ސެކްޝަނުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުން

ވަޒީފާގެ ފުރުޞަތު

            މިކައުންސިލްގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ އެސް 3

މަޤާމް އޮތް އޮފީސް؛

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރަ:

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1500ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1-  ވޭސްޓްމެނޭޖްމަންޓް މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި ޙާޟިރީ ރިޕޯޓް ހެދުން.

 2-  ވޭސްޓްމެނޭޖްމަންޓް މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުން.

 3- ވޭސްޓްމެނޭޖްމަންޓް ޔުނިޓަށްލިބޭ އެންމެހައި ލިޔެކިއުންތަކާއި ތަކެތި ބަލައިގަނެ ގަވާއިދުން ރިކޯރޑްކޮށް ހުށަޅަންޖެހޭ މުއައްޒަފުންނަށް ތަރުތީބުން ހުށަހަޅައި ޙަވާލުކުރަންޖެހޭ މުއައްޒަފުންނަށް ހަވާލުކުރުމާއި ރެކޯޑް ބެލެހެއްޓުން

 4- ވޭސްޓްމެނޭޖްމަންޓް ޔުނިޓުން މިނިސްޓްރީ ތަކަށާއި، ރަށުގެ އެހެނިހެން އިދާރާ ތަކަށާއި މުއައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފޮނުވައި  އެފަރާތްތަކަށް ލިބުނުކަން ކަށަވަރުކޮށް ރިކޯރޑް ބެލެހެއްޓުން.

  5- ދުވަހުގެ ޔައުމިއްޔާ އަށް ބޭނުންވާ މަޢުލޫމާތު ޖަމާކުރުމާއި ޔައުމިއްޔާ ލިޔުން

  6-  ވޭސްޓްމެނޭޖްމަންޓްގެ ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން

 8-   ވޭސްޓްމެނޭޖްމަންޓް ޔުނިޓްގެ ބިލްތައް އެންޓަރކޮށް އޯޑަރފޯމް އެޓޭޗް ކުރުން

  9-  ވޭސްޓްމެނޭޖްމަންޓް ޔުނިޓްގެ  ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލް ކުރުން

  10-  ވޭސްޓްމެނޭޖްމަންޓް ޔުނިޓްގެ  ޕޭމެންޓް ވައުޗަރތައް ތައްޔާރުކޮށް ފައިސާ ދައްކާ ފައިލް ކުރުން

 11-  ވޭސްޓްމެނޭޖްމަންޓް ޔުނިޓްގެ ހުރިހާ މުވައްޒަފުންގެ އޯވަރޓައިމްގެ ކަންތައްތައް ބެލެހެއްޓުން

 12-  ވޭސްޓްމެނޭޖްމަންޓް ޔުނިޓްގެ  އެގްރީމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން

 13-  ވޭސްޓްމެނޭޖްމަންޓް ޔުނިޓްގެ ހަރުމުދަލުގެ އިންވެންޓްރީ އަށް ނަގަންޖެހޭތަކެތި އެންޓަރކޮށް އުނިކުރަންޖެހޭ ތަކެތި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން އުނިކުރުން.

  14- ވޭސްޓްމެނޭޖްމަންޓް ޔުނިޓަށް ލިބެންޖެހޭ އެންމެހައި ފައިސާއެއް ،މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހޯދައި އެކަމާއި ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.

  15- ވޭސްޓްމެނޭޖްމަންޓް ޔުނިޓަށް ލިބޭފައިސާއާއި ކުރެވޭ ޚަރަދުތަކާއި ގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހައި ލިޔެކިއުންތައް ކަނޑައެޅިފައިވާ މުއްދަތު ފާއިތު ނުވަނީސް ފޮނުވުން.

  16-  ވޭސްޓްމެނޭޖްމަންޓް ޔުނިޓްގެ މުއައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ދޭންޖެހޭ އެންމެހައި ފައިސާއެއް ،މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފޯރުކޮށްދީ އެކަމާއި ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.

 17-  ކޮންމެ މީލާދީ މަހެއްނިމުމުން ލިބުނު ފައިސާ އާއި ކުރެވުނު ޚަރަދުގެ ތަފްޞީލް ކައުންސިލަށް ފޮނުވުން އަދި އެރިޕޯޓްގެ ކޮޕީ ފައިނޭންސް ޝެކްޝަނަށް ފޮނުވުން.

 18-ގޭގެއިން ކުނިއުކާލައިގެން ނަގާފީގެ ގޮތުގައްޔާއި ވެހިކަލްތައް ކުއްޔަށް ދޫކޮށްގެންނާއި، ޖުރުމާނާގެ ގޮތުގައި ލިބޭފައިސާގެ އެންމެހައި ލިޔެކިއުންތަކެއް ގަވާއިދުން ބެލެހެއްޓުން

 19- ވޭސްޓްމެނޭޖްމަންޓްގެ ޚިދުމަތަށް އެދި ރަޖިސްޓްރީ ކުރެވޭފަރާތްތަކުގެ ރަޖިސްޓްރީ ހަދާ ބެލެހެއްޓުމާއި މަހުންމަހަށް ޚިދުމަތަށް ނަގާ ފީ ލިބޭތޯބެލުމާއި ރަށުގެ ހުރިހާ ފަރާތްތަށް މިޚިދުމަތުގައި

 ބައިވެރިކުރުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝައރުޠުތައް:

  1-  އެޑްމިނިސްޓްރޭޝަން،މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން،މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން.     ނުވަތަ

2- ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީސްކޫލްސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް    

 

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް
  3. އިންފޮމޭޝަން ޓެކްނޮލޮޖީ
  4. ހިއުމަން ރިސޯސްމެނޭޖްމަންޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. 1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. 3- ޤާބިލުކަން ކަށަވަރުކުރުމަށް ޕްރެކްޓިކަލް ހެއްދުމާއެކު އިންޓަވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6-      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

9-  ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

ސުންގަޑި:

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 19 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހަނިމާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-    މި މަޤާމްތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 އޮކްޓޯބަރު 23 ވާ ހޯމަ ދުވަހުއެވެ..

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކައުންސިލްގެ 6520028 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

15 އޮކްޓޫބަރު 2017
ހޯދާ