މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)101-AF/1/2017/234

                                                                              ޢިއުލާން

       8 އޮކްޓޯބަރ 2017ގައި މިމިނިސްޓްރީން ކުރި ނަންބަރު (IUL)101-AF/1/2017/228 ޢިއުލާންއަށް ބައެއް ބަދަލު ގެންނަންޖޭހޭތީ، އެޢިއުލާން ބާތިލްކޮށް މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސާކް ބިޒްނަސް އެސޯސިއޭޝަން ފޯރ ހޯމްބޭސްޑް ވޯރކާރސް” (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް 1: ކޯޑިނޭޓަރ- ކެޕޭސިޓީ ބިލްޑިންގ އެންޑް މެމްބަރޝިޕް ޑިވެލޮޕްމެންޓް

އަދަދު: 01

ފެންވަރު ނުވަތަ ޝަރުތު:

  • ސޯޝަލް ސައިންސް ނުވަތަ އިކޮނޮމިކްސް  އާ ގުޅޭދާއިރާއަކުން ޑިޕްލޮމާއެށް ހާސިލް ކޮށްފައިވުން.
  • ސޯޝަލް ސައިންސް، ނުވަތަ އިކޮނޮމިކްސް އާ ގުޅުންހުރި ދާއިރާއަކުން މަގުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި އަދި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރަން އެނގުން.

 

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު2:00 އަށް

މުސާރަ:  9,000 ދިވެހި ރުފިޔާ

ސާރވީސް އެލަވަންސް: ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، މުސާރާގެ އިތުރުން 8000 ރުފިޔާގެ ސާރވީސް އެލަވަންސްއެއް ލިބޭނެއެވެ. (މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާ އުނިކުރެވޭނެއެވެ. މީގެތެރޭގައި ސަލާމުގައި ހުންނަ ދުވަސްތަކާއި ބަންދުދުވަހެއްގައި ޚިދުމަތަށް ނުކުންނަންޖެހިއްޖެނަމަ ބަންދުދުވަސްތައްވެސް ހިމެނޭނެއެވެ.)

ވަޒީފާގެ މުއްދަތު: 1 އަހަރު

މަތީގައި އިއުލާންކުރެވިފައިވާ ވަޒީފާގެ އިތުރު ތަފްސީލް، މަސްއޫލިއްޔަތު އަދި ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރިޚަކީ 19 އޮކްޓޯބަރ 2017ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެސްއަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ކޮންމެ ދުވަހެއްގެ 08:00 – 14:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

10 އޮކްޓޫބަރު 2017
ހޯދާ