ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނަންބަރު:FNK/A/IUL/2017/432

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އިންޖިނިއަރ (ސިވިލް)

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާރޓްމެންޓް

ޑިޕާރޓްމަންޓް :

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

10100ރ. ( ދިހަހާސް އެއްސަތޭކަ ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ 20%

ޙާޒިރީ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

 

ފެންވަރު ނުވަތަ ޝަރުތު:

  1. ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން ހިންގާ މަޝްރޫޢުތައް އެކުލަވާ ލުމުގައި ލިބިފައިވާ ތައުލީމާއި ފަންނީ ތަޖުރިބާގެ އަލީގައި ވެރިންނަށް މަޝްވަރާއާއި ލަފާ ދިނުން.
  2. މަޝްރޫއުތައް ހިންގުމުގައި ފަންނީ އެހީތެރިކަން ދިނުން. މި ގޮތުން މަޝްރޫޢުތަކުގެ ސިވިލް ސްޓަރަކްޗަރތައް ފަރުމާ ކުރުމަށް ބޭނުންވާ އިންޖިނިއަރިންގ ކަލްކިޔުލޭޝަން ތަކާއި ކުރެހުންތައް އަދި ބީ.އޯ.ކިޔު ހެދުމުގައި އެހީތެރި ވުން.
  3. ހިނގަމުންދާ މަޝްރޫޢުތައް ގަވާޢިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢު ތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.
  4. މަޝްރޫއުތައް މޮނިޓަރކޮށް، ހިނގަނީ ހެދިފައިވާ މާސްޓަރ ޕްލޭންއާއި އެއްގޮތަށްތޯ ބަލާ، މަޝްރޫޢުތައް ޓެކްނިކަލް ނަޒަރަކުން ދިރާސާކޮށް، ކަނޑައެޅިފައިވާ ޕްލޭނާއި އެއްގޮތަށް އެ މަޝްޜޫއު ތަކުން ހާސިލްކުރަން ބޭނުންވާ ނަތީޖާ އާއި ލަނޑުދަނޑި ހާސިލްވޭތޯ ބެލުން
  5.  މަޝްރޫޢު ތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓް ކޮށް ތަފްސީލު ގަވާއިދުން ވެރިންނާއި ހިއްސާކުރުން.
  6. ކުންފުނިން ކޮންޓްރެކްޓަށް ހަވާލުކުރެވޭ މަސައްކަތްތައް ކުރިއަށްދަނީ ކޮންޓްރެކްޓަރާއި ވެވިފައިވާ އެބަސްވުމުގައިވާގޮތަށްތޯ ބަލާ ކުންފުނީގެ މަގްޞަދު ހާސިލްވޭތޯ ބެލުން.
  7. މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލްއާއި އެއްގޮތަށް ކުންފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވާލުން.
  8. ޕްރޮޖެކްޓްތައް ނިމޭއިރު ސްޓޭކްހޯލްޑަރުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ހަމަކުރުމަށް ކުރަންޖެހޭ އެންމެހާމަސައްކަތްތައް ކުރުން
  9. ޑިޕާޓްމަންޓްގެ އެންމެއިސްފަރާތަށް މަޝްރޫއުތަކުގެ އަޕްޑޭޓް ގަވާޢިދުން ފޯރުކޮށްދިނުން.
  10. ޑިޕާޓްމަންޓްގެ ހިންގުމާއި ހަވާލުވެ ހުރި ފަރާތް އަންގައިފި ހިނދެއްގައި ޑިވިޜަން އާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

މަސްޢޫލިއްޔަތު ތައް:

ޑްރާފްޓްސްމަން

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ.

އަސާސީ މުސާރަ:

  • ހަމަޖެހިފައިވާ އުސޫލުން ހާޟިރީ އަދި ސަރވިސް އެލަވަންސް ލިބޭނެ.
  • އިތުރު ގަޑީގައި އަދި ރަސްމީ ބަންދުދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އެހެނިހެން އިނާޔަތްތައް:

  • ސެޓްފިކެޓް ލެވެލް 4 ހާސިލް ކޮށްފައިވުން ( ގުޅުންހުރި ދާއިރާއަކުން)
  • ގުޅުންހުރި ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން
  • ފަންނީއެހީތެރިކަން ފޯރުކޮށްދިނުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ތަޖްރިބާލިބިފައިވުން

 

ފެންވަރު ނުވަތަ ޝަރުތު:

ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިވިޜަންގައި ކުރެވޭ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތައް ރާވާހިންގުން، އެގޮތުން:

  • އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި ސަރވިސަސް ކުރެހުންތައް ޑްރާފްޓްކުރުން
  • ރޭވިފައިވާ މަޝްރޫޢުތަކުގެ ސައިޓް ސަރވޭކޮށް އެނަލައިޒް ކުރުން
  • ހަވާލު ކުރެވޭ މަޝްރޫޢުތަކުގެ 'އޭޒް ބިލްޓް' ކުރެހުން ހެދުން
  • ގުޅުން ހުރި މަސައްކަތްތަކާއި ގުޅޭ ރިޕޯރޓް ތައްޔާރުކުރުން
  • ޑިޕާޓްމަންޓްގެ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން

 

މަސްޢޫލިއްޔަތު ތައް:

  • ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން
  • ރިޕޯޓު ލިޔުމުގެ ހުނަރު އަދި ދިރާސާ ކުރުމުގެ ހުނަރު
  • ދެވިފައިވާ ލަނޑުދަނޑިތަކަށް މަސައްކަތްކޮށް ނަތީޖާނެރުމުގެ ހުނަރު
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ އަދި ކަނޑުދަތުރުފަތުރު ކުރުމުގެ ގާބިލްކަން
  • އަމިއްލައަށް އިސްނެގުމާއި ތަފާތުނަސްލުތަކުގެ މީހުނާއެކު މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވުން

އެހެނިހެން ހުނަރު:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  08:00 – 15:00އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

11 މުޙައްރަމް 1438

01 އޮކްޓޯބަރ 2017

01 އޮކްޓޫބަރު 2017
ހޯދާ