ދިވެހިރާއްޖެ
ނަންބަރ 48/2017/JS-B
ބޭންޑް އިންސްޓްރޫމަންޓް ގަތުން
އެސްޓިމޭޓް ބޭނުންވެއްޖެ
މި ސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ބޭންޑް އިންސްޓްރޫމަންޓް މި ސްކޫލަށް ވިއްކެވުމަށް ބޭނުންވެގެން މިސްކޫލުން ކުރި ނަންބަރު: JS-B/2017/45 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދުމަށްފަހު އެސްޓިމޭޓް ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ 02 ފަރާތުންކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ ސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ބޭންޑް އިންސްޓްރޫމަންޓް މި ސްކޫލަށް ވިއްކެވުމަށް ބޭނުންވާ
ފަރާތް ތަކުން 27 އޮގަސްޓް 2017 ދުވަހުގެ 11.00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 30 އޮގަސްޓް 2017 ދުވަހުގެ 11.00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
1 ޛުލްޙިއްޖާ 1438
23 އޮގަސްޓް 2017
ޚާދިމުކުމް
މުޙަންމަދު ޝަފީޤް
އެޑްމިނިސްޓްރޭޓަރ