މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

 

 

"މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް"

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ "މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ގާއިމު ކުރެވޭ ޕްރޮޖެކްޓު މެނޭޖުމަންޓް ޔުނިޓަށްތިރީގައި ބަޔާންކުރެވިފައިވާ  މަޤާމަށް ޝައުގެވެރިވާފަރާތްތައް "ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު" މިމިނިސްޓްރީއިން ހުޅުވައިލަމެވެ.

 

މަޤާމް:                    ފައިނޭންސް އެސިސްޓެންޓް

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ  ޢަދަދު:             1

މުސާރާ:                  9250 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:      މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

 

މަޤާމުގެ ޝަރުތު      

1-  މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

މި މަޤާމްތަކަށް ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2017 އޯގަސްޓް 29 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

 

 29 ޛުލްޤަޢިދަ 1438

21 އޮގަސްޓް 2017
ހޯދާ