އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލްސަރވިސް އޮފިސަރ ގެ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

އދ.ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް،ދިވެހިރާއްޖެ.

 

 

 

ނަންބަރު: 353/2017/21

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

މުނިސިޕަލްސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-266096

ބޭނުންވާ ޢަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލްއޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މަޤާމް އޮތް އޮފީސް:

އދ.ދިގުރަށު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އދ.ދިގުރަށު ކައުންސިލްގެ އިދާރާ

މުސާރަ

5,610.00

ސަރވިސް އެލަވަންސް:

2,000.00

އިތުތު ޢިނާޔަތްތައް:

 

 

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮމްޓިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ރަށުން އެކިބޭނުންތަކަށް ބިން ނުވަތަ ބިމުގެ ސަރަޙައްދު ދޫކުރުމާއި، ކުއްޔަށް ދިނުމާއި، ބިމާބެހޭގޮތުން ހުށަހެޅޭ މައްސަލަތަކަށް ފިޔަވަޅުއެޅުމާއި ބިމުގެ ދަފުތަރު ބެލެހެއްޓުމާގުޅޭ އެންމެހާ އިދާރީ މަސައްކަތްކުރުން.

 

2- ކަރަންޓާ ފެނާނަރުދަމާ ފަދަ އަސާސީ ޚިދުމަތްތަކާގުޅޭ ސަރުކާރުގެ ސިޔާސަތުތަކާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމަށް ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތައް ކުރުމާއި، ރެކޯޑުބެލެހެއްޓުން.

3- މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް، ދިއްލާ ބެލެހެއްޓުމާއި، މަގުކޮންނަން ހުއްދަ ދިނުމާ މަގުފާރު ރޭނުމާއި ގެދޮރު ޢިމާރާތްކުރުމާގުޅޭ އެންމެހާ ކަންކަމާގުޅޭ އިދާރީ އެންމެހާ މަސައްކަތް ކުރުމާއި ރެކޯޑްބެލެހެއްޓުން.

4- ކަނޑާއި އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، އުޅަނދުފަހަރުގެ އޮޑީނަންބަރު ދޫކޮށް މިނުމާއި، ސާރވޭކޮށް ސަލާމަތީ، ލައިސަންސް ދޫކުރުމާއި، އުޅަނދު ފަހަރާބެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި ރެކޯޑް ބެލެހެއްޓުން.

5- ރަށުގައިއުފެދޭ ކުނިމެނޭޖްކުރުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައްކުރުމާއި ރެކޯޑްބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  1. ފަންނީ ހުނަރާއި މަސައްކަތްތެރިކަން، އާރކިޓެކްޗަރ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ،ޤާނޫނީ އަދި ޕަބްލިކް ސަރވިސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ފަންނީ ހުނަރާއި މަސައްކަތްތެރިކަން، އާރކިޓެކްޗަރ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ،ޤާނޫނީ އަދި ޕަބްލިކް ސަރވިސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން

ނުވަތަ

ފަންނީ ހުނަރާއި މަސައްކަތްތެރިކަން، އާރކިޓެކްޗަރ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ،ޤާނޫނީ އަދި ޕަބްލިކް ސަރވިސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއްހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

- ލިބިފައިވާ ހުނަރު:

  1. އިންޓަވިއު
  2. އިމްތިޙާނު

ހުށަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށްއެދޭފޯމް އދ. ދިގުރަށު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 11 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، އދ. ދިގުރަށު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިއުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] ފެކްސް ނަންބަރަކީ، 6680631 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއުއާއި އިމްތިޙާނު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 12 ސެޕްޓެމްބަރ 2017 އާއި 20 ސެޕްޓެމްބަރ 2017 އާ ދެމެދު އދ. ދިގުރަށު ކައުންސިލް އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެ ތާރީޚް ތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

ސޯޓްލިސްޓްކުރުން

މި ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެންމެމަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ 30 އެވެ.

 

 

 މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680631 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6680882 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

30 ޛުލްޤައިދާ 1438

22 އޮގަސްޓް 2017

 

ޢަލީ ޝަމީމް

ޑިރެކްޓަރ

(ޒިންމާދާރުވެރިޔާ)

22 އޮގަސްޓް 2017
ހޯދާ