ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިންހޯދުމަށް

                            އިޢުލާން

         ކުނިގޮނޑަށް ގެނެވިފައިވާ ބަދަލާއި ގުޅިގެން ބޮޑުތަކުރުފާނުންމަގުގެ އިރުމަތީ ކޮޅުންފެށިގެން  ތުނޑިއަށްދާ މަގުން ދ.ވާނިން ހިޖުރަކުރި މީހުންނަށް ދޫކޮއްފައިވާ އެއްމެފަހު ގޯތިބަރީގެ ދެކުނުކޮޅާ ހަމައަށް ފެހިކުލައިގެ ދަވާދުން 1 ން 45 ށް ރުއްގަހުގައި ނަންބަރު ޖަހާފައި ހުންނާނެއެވެ.

          ވީމާ މިސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން 24 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 1:00 ސިޓީ އާއި އައި.ޑީ ކާޑްގެ ކޮޕީ އަދި 2 ހެކިންގެ އައި.ޑީ ކާޑް ކޮޕީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށެވެ.

          ވީމާ މަތީގައި ބަޔާންކޮށްފައިވާ ސަރަޙައްދުގައި ހުރި އެހެނިހެން ތަކެތި، އެތަކެތީގެ ވެރިފަރާތުން 24 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެތަނުން ނަންގަވާ ތަންހުސްކުރުމަށް އަންގަމެވެ. އަދި ދަންނަވަމެވެ. މިދެންނެވި ތާރީހުގެ ފަހުން ނުނަންގަވާ ހުންނަ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެތަކެތި ނަންތާލެވޭނެކަން އަންގާ އިއުލާން ކުރަމެވެ.    

15 އޮގަސްޓް 2017
ހޯދާ