މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ ޕްރޮގްރާމަށް ހޯލް އަދި ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

       މި މިނިސްޓްރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ ޕްރޮގްރާމަށް ހޯލް އަދި ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)459-A/1/2017/148 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރްހީބެއް ލިބިފައި ނުވާތީ އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.                          

 

      ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހު 09:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2017 އޮގަސްޓް 30 ވާ ބުދަ ދުވަހުގެ 09:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

      އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.

 

28 ޛުލްޤަޢިދާ  1438

20 އޮގަސްޓް  2017                   

 

 

20 އޮގަސްޓް 2017
ހޯދާ