އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް - (ޖީ.އެސް 3)

                                                ނަންބަރު:236/A)AC-2017)  

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މި ކޮމިޝަނުން ރިސެޕްޝަނިސްޓް-ޖީ.އެސް 3 ގެ މަޤާމަށް ކުރި ޢިއުލާނުގެ މުއްދަތު ކުރުކަމަށް ފެންނާތީއާއި، މަސައްކަތަށް ޤާބިލް ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން، އިޢުލާން ނަންބަރުން A)AC-2017/223) ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ރިސެޕްޝަނިސްޓް - (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/3000 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45 

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް.

ތައުލީމާއި ތަޖުރިބާ:

1-      ދިވެހިރާއްޖޭގެ ޤައުމީ ސަނަތުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ނުވަތަ 5 ގެ ސަނަދެއް ޙަސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛

2-      ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، އަދި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛

3-      ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، އަދި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

1-      މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

2-      ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

3-      ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

4-      ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

-          ކޮމިޝަނަށް އަންނަ ތަކެތި ބަލައިގަނެ އެންޓްރީކުރުން.

-          އެންޓްރީ ކުރެވޭ ތަކެތި ޑިވިޜަން/ސެކްޝަންތަކާ ޙަވާލުކުރުން.

-          އެންޓްރީކުރެވޭ ލިޔުންތައް ސްކޭންކޮށް އަޕްލޯޑް ކުރުމަށްފަހު މެއިލްކުރަން ޖެހޭ އެންޓްރީތައް، ސެކްޝަން/ޑިވިޜަން ހެޑްގެ ލަފާގެ މަތިން ވެރިންނަށް އަދި މެންބަރުންނަށް މެއިލްކުރުން.

-          ކޮމިޝަނުން ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން.

-          ކޮމިޝަނުން ބޭރަށް ފޮނުވޭ ސިޓީފަދަ ތަކެތި ފޮނުވޭގޮތުގެ މަޢުލޫމާތު ބެލެހެއްޓުން.

-          ޑިސްޕެޗް ކުރުމަށްދެވޭ ތަކެތީގެ ތެރެއިން ހަވާލުނުވެ އަނބުރާ އަންނަތަކެތި އެކަމާބެހޭ ސެކްޝަން/ޑިވިޜަނާއި ހަވާލުކުރުން.

-          ކޮމިޝަނަށް އެކިއެކި ކަންކަމުގައި އަންނަ ކޯލްތަކަށް ޖަވާބުދާރީވުން.

-          ޑޮކިއުމަންޓް މެނޭޖަރ މެއިންޓެއިން ކުރުން.

-          އީ-ގަވަރންމަންޓް މެދުވެރިކޮށް ލިބޭ ލިޔެކިޔުން ފަދަތަކެތި ބަލައިގަނެ، ސެކްޝަން/ޑިވިޜަން ހެޑްގެ ލަފާގެ މަތިން ރޫޓް ކުރަންވީ ފަރާތްތަކަށް ރޫޓް ކުރުން.

-          ކޮމިޝަނުގެ "އިންފޯ" އީ-މެއިލްއަށް އަންނަ ލިޔެކިޔުން ފަދަތަކެތި ބަލައިގަނެ، ސެކްޝަން/ޑިވިޜަން ހެޑްގެ ލަފާގެ މަތިން ރޫޓް ކުރަންވީ ފަރާތްތަކަށް ރޫޓް ކުރުން.

-          އީ-ގަވަރންމަންޓް މެދުވެރިކޮށް ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.

-          ސެކްޝަނުގެ ލިޔެކިޔުންތައް ފައިލްކުރުން.

-          ސެކްޝަނުގެ އިދާރީ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

-       ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

-       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-       ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

-       ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގ ސެޓުފިކެޓުތަކުގެ ކޮޕީ.

-       އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓު ހާޞިލްކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)

-       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ރިސެޕްޝަންގައި މަސައްކަތްކުރާ މީހަކަށްވާތީ، މީހުންނާ މުޢާމަލާތުކުރުމުގައި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު މަސައްކަތްކުރެވޭނެކަން އިންޓަރވިޔުގައި ދައްކައިދޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

އިޢުލާން ނަންބަރުން A)AC-2017/223) އިން މި މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން މި މަޤާމަށް އެދި ހުށަހަޅުއްވަން ޖެހޭނެއެވެ.

 

ރިސެޕްޝަނިސްޓް (ޖީއެސް 3) އަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކުސް

ތަޢުލީމް

40 މާކުސް

މަސައްކަތު ތަޖުރިބާ

10 މާކުސް

އިންޓަރވިއު

35 މާކުސް

ޙާއްސަ ހުނަރު (ޢަމަލީ ޓެސްޓު)

15 މާކުސް

ޖުމްލަ

100 މާކުސް

   ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

27 ޛުލްޤައިދާ  1438 

 

19 އޮގަސްޓް 2017
ހޯދާ