މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އ.ދ. މާމިގިލީގެ ކުނިމެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިގަތުމުގެ ގޮތުން އެ މަރުކަޒައް ބޭނުންވާ އިކުއިޕްމަންޓް އަދި ޖެނެރޭޓަރެއް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކުނިމެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ރަށްރަށުގައި ވޭސްޓް މެނޭޖް ކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް އެކި އެކި މަޝްރޫޢުތައް މިދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އ.ދ. މާމިގިލީގެ ކުނިމެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިގަތުމުގެ ގޮތުން އެ މަރުކަޒައް ބޭނުންވާ އިކުއިޕްމަންޓް އަދި ޖެނެރޭޓަރެއް ފޯރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. އ.ދ. މާމިގިލީގެ ކުނިމެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިގަތުމުގެ ގޮތުން އެ މަރުކަޒައް ބޭނުންވާ އިކުއިޕްމަންޓް އަދި ޖެނެރޭޓަރެއް ފޯރުކޮށްދޭނޭ ފަރާތެއް ހޯދަން 30 ޖުލައި 2017 ނަންބަރު IUL)438-WMPC/438/2017/158) ކުރެވުނު އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.     

ވީމާ އ.ދ. މާމިގިލީ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޖެނެރޭޓަރެއް ފޯރުކޮށްދެއްވުމަށް ޝައުގެވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓްގެ ތަފްޞީލު މި މަސައްކަތުގެ 'ޓަރމްސް އޮފް ރެފަރެންސް' (ޓީ.އޯ.އާރ)ގައި ބަޔާންކުރެވިފައިވާނެއެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން www.environment.gov.mv ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި އިޢުލާނުގައި ޑައުންލޯޑް ކުރެވޭގޮތަށް ޓީ.އޯ.އާރ އެޓޭޗްކުރެވިފައިވެސް ވާނެއެވެ.

ހުށަހަޅަންވީ ތަކެތި

  • އ.ދ. މާމިގިލީގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޖެނެރޭޓަރެއް (ޓީ.އޯ.އާރ ގައިވާ ތަކެތި) ފޯރުކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ބިޑު ކުރާ ފަރާތުން ހުށަހަޅާ ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަން
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު - (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ނުވަތަ އެހެނިހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މިގޮތުން މާރކްސް ދެވޭނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތް ކުރުވިފަރާތުން ދީފައިވާ މަސައްކަތްކުރިކަމުގެ ލިޔުންތަކަށެވެ.

މި ޕުރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް

(ހ) ޓެކްނިކަލް ސްޕެސިފިކޭޝަން ފުރިހަމަވޭތޯ ބެލުމަށްޓަކައި ޓީ.އޯ.އާރ ގައިވާ ސްޕެސިފިކޭޝަން ލިސްޓް ގެ ފޯމެޓަށް ތައްޔާރުކޮށް ކޮންޓްރެކްޓަރގެ (ބިޑުކުރާފަރާތުގެ) ސްޕެސިފިކޭޝަން ލިސްޓެއް ހުށަހަޅަން ވާނެއެވެ. އަދި ލިސްޓު ތައްޔާރު ކުރާއިރު ތިރީގައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

  • ލިސްޓު ތައްޔާރު ކުރާއިރު ޓީ.އޯ.އާރގައި ދީފައިވާ ކޮންމެ ރިކުއަޔަރމަންޓް އަކާ ދިމާލުގައި އިތުރު ކޮލަމެއްގައި ބިޑުކުރާ ފަރާތުން ހުށަހަޅާ ތަކެތީގެ ސްޕެސިފިކޭޝަންއާއި ދިމާވާނަމަ އެފަދައިން ފާހަގަކޮށްފައި ލިޔަންވާނެއެވެ. އަދި ޓީ.އޯ.އާރ ގެ ސްޕެސިފިކޭޝަންއާއި ބިޑުކުރާ ފަރާތުން ހުށަހަޅާ ސްޕެސިފިކޭޝަންއާއި ތަފާތުވާ ތަންތަނުގައި އެކަން ފާހަގަކޮށް ތަފާތުވާ މިންވަރު އެނގޭނޭހެން ތަފްޞީލް ލިޔަން ވާނެއެވެ.
  • ޓެކްނިކަލް ބައިން މާރކްސް ދީ ކުއަލިފައިވާ ކަމަށް ބެލެވޭ އުޞޫލު ޓީ.އޯ.އާރ ގައި އިތުރަށް ތަފްޞީލް ކުރެވިފައި ވާނެއެވެ.

 (ށ) ޓެކްނިކަލް ބައިން ކުއަލިފައިވާ ފަރާތްތަކުގެ ޕޮރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭނީ ޖުމްލަ 100 ޕޮއިންޓް ތިރީގައިވާ އުޞޫލުގެ ދަށުން ބަހާލެވިގެންނެވެ.

  • ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު (ޖުމްލަ 60 ޕޮއިންޓް)
  • ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު (ޖުމްލަ 20 ޕޮއިންޓް)
  • ކޮށްފައިވާ މަސައްކަތަށް، މަސައްކަތް ކުރުވިފަރާތުން ދީފައިވާ ލިޔުމަށްބަލައި (ޖުމްލަ 20 ޕޮއިންޓް) އަދި މި 20 ޕޮއިންޓް ބެހިފައިވާގޮތް ތިރީގައި އެވަނީއެވެ.
  • މި މަސައްކަތާއި ގުޅޭ ސަޕްލައި އެންޑް ޑެލިވަރީގެ މަސައްކަތްތަކަށް (10 ޕޮއިންޓް)
  • އެހެނިހެން ސަޕްލައި އެންޑް ޑެލިވަރީގެ މަސައްކަތްތަކަށް (10 ޕޮއިންޓް)

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް މަތީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެސްތަކަށް އީ-މެއިލްގެ ޒަރިއްޔާއިން ސުވާލުތައް ފޮނުވުމުން ޖަވާބުލިބޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެވޭނީ 16 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ޖެހުމުގެ ކުރިންނެވެ. އޭގެ ފަހުން ފޮނުވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

އަންދާސީ ހިސާބު އެޑްރެސް ކުރަންވީ ފަރާތް

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
13 އޮގަސްޓް 2017
ހޯދާ