ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރ. މާކުރަތު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާ ގުޅޭ:

ނަންބަރު:FNK-K(T)/FNK/IUL/2017/113

 

އިޢުލާން

 

ރ. މާކުރަތު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާ ގުޅޭ:

 

   މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް  ރ. މާކުރަތު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: FNK-K(T)/FNK/IUL/2017/005  (18 ޖެނުއަރީ 2017) އިޢުލާންއާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތައް އެކަށީގެންވާވަރަށްވުރެ އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކުރުމަށްފަހު، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  31 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ރ.މާކުރަތު ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށައަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ރ.މާކުރަތު ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.     

            

02 ޛުލްޤަޢިދާ 1438

25  ޖުލައި  2017

25 ޖުލައި 2017
ހޯދާ