މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި ދަމަނަވެށީގައި ބެހެއްޓިފައިވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމް މެއިންޓެނެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި ދަމަނަވެށީގައި ބެހެއްޓިފައިވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމް މެއިންޓެނެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް 06 ޖުލައި 2016 ގައި ކުރެވުނު ނަންބަރު IUL 23-AP/23/2017/112 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް 3 ފަރާތުން ވަޑައިގެންފައިނުވާތީ، މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި ދަމަނަވެށީގައި ބެހެއްޓިފައިވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމް މެއިންޓެނެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ޖުލައި 31 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޯގަސްޓް 06 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

26 ޝައްވާލު 1438

 

20 ޖުލައި 2017
ހޯދާ