މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބޭނުމަށް އައްޑޫ ސިޓީން 01 އަހަރު ދުވަހުގެ މުއްދަތަށް 02 ގުދަން ކުއްޔަށް ހިފުމާއި ބެހޭ

   މި މިނިސްޓްރީގެ ބޭނުމަށް އައްޑޫ ސިޓީއިން 01 އަހަރު ދުވަހުގެ މުއްދަތަށް 2 ގުދަން ކުއްޔަށް ދޭނެ ފަރާތެއް ހޯދަން  ބޭނުންވެއެވެ.

 

   ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 23 ވާ އާދީއްތަ ދުވަހުގެ 12:30 އަށް މ މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް ހިތަދޫ ބްރާންޗަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖުލައި 27 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް ހިތަދޫ ބްރާންޗަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 ޖުލައި 23 ވާ އާދީއްތަ ދުވަހުގެ 13:00 އިން ފެށިގެން 2017 ޖުލައި 27 ވާ ބުރާސްފަތި ދުވަހުގެ 12:00  ގެ ނިޔަލަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 688-5753 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

25     ޝައްވާލް   1438 ހ.

19      ޖުލައި    2017މ.

19 ޖުލައި 2017
ހޯދާ