މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގެ ބެންޗާއި ގޯލް ހަދާދޭނެ ފަރާތެއް ހޯދުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު ދިވެހިރާއްޖެ                                                                                                                                                                               ނަމްބަރ: (IUL)331/331/2017/24

 

އިޢުލާން

 

ފުޓްސަލް ދަނޑުގެ ބެންޗާއި ގޯލް ހަދާދޭނެ ފަރާތެއް ހޯދުން

           

                  މިރަށުގައި ތަރައްޤީ ކުރަމުންދާ ފުޓްސަލް ދަނޑުގެ ބެންޗާއި ގޯލް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކައުންސިލުން ކުރި، ނަމްބަރ: (IUL)331/331/2017/12 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓް ތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

                 ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 24 ޖުލައި 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މިކައުންސިލްގެ އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،06 އޯގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު  11:00 އަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                 މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                  

                 

16 ޖުލައި 2017
ހޯދާ