މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް (31 މެއި)" ގެ މުނާސަބަތާ ގުޅިގެން

އިޢުލާން

 

ކޮންމެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް (31 މެއި)" ގެ މުނާސަބަތާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ދުންފަތުގެ ވިޔަފާރި ކުރުން ހުއްޓާލާފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެކަން ފާހަގަ ކުރުމަށްޓަކައި އެފަރާތްތަކަށް ހަނދާނީ ފިލައެއް ދޭ ގޮތަށް ހަމަޖެހިފައި ވެއެވެ.

ވީމާ، މިހާރު ދުންފަތުގެ ވިޔަފާރި ހުއްޓާލާފައިވާ ފަރާތްތަކުންނާއި ވިޔަފާރި ފެށީއްސުރެ ދުންފަތުގެ ވިޔަފާރި ނުކުރާ ފަރާތްތަކުން މި ކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމް ފުރުއްވުމަށްފަހު، 1 އޯގަސްޓް 2017 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މި އެޖެންސީ އަށް ހުށަހަޅުއްވައި ދެއްވުން އެދެމެވެ. ނުވަތަ މި އެޖެންސީގެ ނަންބަރ: 301 4484 އަށް ފެކްސް ކުރެއްވުން އެދެމެވެ.

މިކަމާގުޅޭ ފޯމް ހެލްތް ޕްރޮޓެކްޝަން އެޖެންސީ  (hpa.gov.mv)ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ފޯން ނަންބަރ:  301 4455 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] މި އީމެއިލް އަށް ފޮނުއްވުން އެދެމެވެ.

22 ޝައްވާލް 1438

 

16 ޖުލައި 2017
ހޯދާ