އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް އޮފިސަރ - އެކައުންޓްސް އެންޑް ފައިނޭންސް

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް: އެކައުންޓްސް އެންޑް ފައިނޭންސް

ތަޢުލީމާ ތަޖުރިބާ:

  1. ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން، އެކައުންޓިންގ ހިމެނޭގޮތައް، "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.
  2. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  3. އިނގިރޭސި އަދި ދިވެހިން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  4. ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ފައިސާ ބެލެހެއްޓުމާއި ބަޖެޓުގެ މަސައްކަތްކުރުން.
  2. އެކައުންޓްސް ރިކޯޑުތައް ބެލެހެއްޓުމާއި ރިކޮންސިލިއޭޝަންގެ މަސައްކަތްކުރުން.
  3. ފައިސާގެ މުޢާމަލާތްތަކުގެ ފައިލް ބެލެހެއްޓުމާއި، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ދާކަން ކަށަވަރުކުރުން.
  4. މިނޫންވެސް ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން 

ކުރިމަތިލުމުގެ ސުންގަޑި:

2017 ޖުލައި 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ސީވީ.

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އެކައުންޓްސް އެންޑް ފައިނޭންސް
12 ޖުލައި 2017
ހޯދާ