މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
15 ކަޅުހަން ބަހައްޓައިދޭނެ ފަރާތެއް ހޯދުން

&

     (IUL)325-ES/325/2017/18 :ނަންބަރު

އިޢުލާން

ބީލަން ހުށަހެޅުމުގެ ދައުވަތު

  1. ބ ގޮއިދޫގެ ތިރީގައި މިވާ ތިން ސަރަޙައްދުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

1.1     ބގޮއިދޫ ޕްރީސްކޫލް ސަރަޙައްދު

1.2     ބ ގޮއިދޫ މަސްޖިދުލް ހިދާޔާ ގޯތިތެރެ

1.3     ބ ގޮއިދޫ މަސްޖިދުލް އަމާނާ ގޯތިތެރެ

  1. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8.30 ން 13.30 އާދެމެދު  މާޅޮސްމަޑުލު ދެކުނުބުރި ގޮއިދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

 

  1. މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 16 ޖުލައި ވާ އާދިއްތަ ދުވަހުގެ 13.00 ގައި ބ ގޮއިދޫ ކައުންސިލް އިދާރާގެ މުނިސިޕަލް ސަރވިސް ޔުނިޓްގައެވެ.

 

 

  1. ބިޑް ހުޅުވުން އޮންނާނީ 13 އޯގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ 13.00 ގައި ބ ގޮއިދޫ ކައުންސިލް އިދާރާގެ މުނިސިޕަލް ސަރވިސް ޔުނިޓް ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. "ބ ގޮއިދޫ ޕްރީސްކޫލް ، މަސްޖިދުލް ހިދާޔާ ، މަސްޖިދުލް އަމާނާ މިތިން ސަރަޙައްދުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮތުން

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

                                4 ޖުލައި 2017

 

 

04 ޖުލައި 2017
ހޯދާ