މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ފްރީ ސްޓޯރޭޖްގެ މުއްދަތަށް ބަދަލު ގެނައުމާއި ގުޅޭ.

އިޢުލާން

        

                މިކުންފުނީގެ ސަރަހައްދާއި އަދި ލޫސްކޮށް ގެންނަ ޖެނެރަލް ކާގޯ ސްޓޯ ކުރުމަށް ހެދިފައިވާ ގުދަނަކީ ޖާގައިގެ ގޮތުން ދަތިތަނަކަށް ވާތީވެ، މުދާ ގެންނަ ބޯޓް ފަހަރުން މުދާ ހުސްކުރުމުގައި ބައެއްފަހަރު ޑިލޭތަކެއް ކުރިމަތިވެއެވެ. އަދި މިކުންފުނީގެ މައިގަނޑު އަމާޒަކީ ބޯޓުފަހަރު އަންނަތަނުން ޑިލޭނުކޮށް މުދާ ބޭލުމަށްފަހު އޭގެވެރިފަރާތްތަކަށް ކްލިއަރ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމެވެ. މިގޮތުން  15 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން ކަނޑުމަގުން ރާއްޖެގެނެވޭ މުދަލުގެ ތެރެއިން ތިރީގައި ދެންނެވިފައިވާ ބާވަތްތަކުގެ މުދަލަށް ކުރިން ދެވިފައިވާ ފްރީ ސްޓޯރޭޖްގެ 10 ދުވަހުގެ ބަދަލުގައި ތިރީގައިވާ ގޮތަށް ވާނީ ބަދަލު ކުރެވިފައެވެ.

  •  ލޫސް ކޮށް ގުދަން ކުރެވޭ ޖެނެރަލް ކާގޯ ( 02 ދުވަސް )
  • ލޯންޗް ، ހެވީ ވެހިކަލް ، އޯޕަން ޓޮޕް ކޮންޓެއިނަރ، ފްލެޓް ރެކް ކޮންޓެެއިނަރ ، ( 05 ދުވަސް )

       ވީމާ، 15 ޖުލައި 2017 އިން ފެށިގެން އަންނަ ބޯޓްފަހަރުތަކުން ބާލާ މުދަލުގެ ތެރެއިން މަތީގައި ދެންނެވިފައިވާ ބާވަތްތަކަށް ފްރީ ސްޓޯރޭޖުގެ މުއްދަތު ބަލާނީ ދެންނެވުނު ފަދައިން ކަމުގައި މުދާ އެތެރެކުރާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަނަވަމެވެ.

 

05 ޖުލައި 2017
ހޯދާ