ދިވެހިރާއްޖެ
ނަންބަރ:FNK-K(T)/FNK/IUL/2017/106
އިޢުލާން
ށ.ޅައިމަގުގައި ޕްރީ ފެބްރިކޭޓެޑް ޕަވަރ ހައުސް އެޅުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް ށ.ޅައިމަގުގައި ޕްރީފެބްރިކޭޓެޑް ޕަވަރ ހައުސްއެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖުލައި 03 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖުލައި 10 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ގައެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
27 ރަމަޟާން 1438
22 ޖުލައި 2017