މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގދ.ހޯޑެއްދޫގައި ޢިމާރާތްކުރާ ގެތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވެ A ކެޓަގަރީ އާއި B ކެޓަގަރީގެ ފޯމުތަކަށް ޕޮއިންޓް ދެވުނުގޮތުގެ ލިސްޓް އިޢުލާންކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުން.

މި އިޢުލާންވަނީ 25 ޖޫން 2017 19:22 ގައި ބާތިލް ކުރެވިފައެވެ.


ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، ގދ.ހޯޑެއްދޫގައި އިމާރާތްކުރާ 40 ގޭގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ގދ.ހޯޑެއްދޫ ރައްޔިތުންނަށް ޚާއްޞަކުރެވުނު 30 ގެއަށް އެދި ފޯމު ހުށަހަޅާފައިވާ 42 ފަރާތާއި، ކެޓަގަރީ B ގެ ދަށުން ގދ.ހޯޑެއްދޫއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވުނު 10 ގެއަށް އެދި ފޯމު ހުށަހަޅާފައިވާ 19 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާއްމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv  ގައި ޝާއިޢުކުރެވި، މި އިޢުލާން މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައާއި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި ގދ.ހޯޑެއްދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައާއި އަދި ގދ.ހޯޑެއްދޫގައި ސަރުކާރުގެ އިޢުލާން ފަދަ ތަކެތި އިޢުލާންކުރުމަށް ބަހައްޓާ ތަންތަނުގައި، ބެހެއްޓިފައިހުންނާނެއެވެ.

 

ވުމާއެކު، ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހެޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި "ގދ.ހޯޑެއްދޫގެ A ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ނުވަތަ "ގދ.ހޯޑެއްދޫގެ B ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ޖެއްސެވުމަށްފަހު) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް، 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

22 ޖޫން 2017
ހޯދާ