މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                              އިޢުލާން ނަންބަރު: IUL)MMPRC-HR/1/2017/33)               

                       ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

މުސާރަ (މަހަކު) : 6,600/- ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް (މަހަކު) : 4,400/- ރުފިޔާ

ޑިޕާރޓްމަންޓް / ސެކްޝަން: އެޑްމިން އެންޑް ހިއުމަން ރިސޯސަސް

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން އަދި ހިއުމަންރިސޯސް ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މި އޮފީހަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތް ދިނުމާއި ރިސެޕްޝަންގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. ކޯޕަރޭޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ތައްޔާރުކޮށް ފައިލް ކުރުން.
  3. އިދާރީ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން.
  4. އޮފީހުގެ ސްޓޭޝަނަރީ ސްޓޮކްގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  5. އިދާރީ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން.
  6. މި ކޯޕަރޭޝަންގެ ޖެނަރަލް އީމެއިލްއަށް އަންނަ މެއިލްތައް ބަލައި، މެއިލްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޖެނަރަލް މެއިލްތަކަށް ޖަވާބުދާރީވުން.
  7. ސެކްޝަންގެ ސިޓީ ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. މި ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

  ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 7 ޖޫން 2017 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

 

:ހުށައަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ތަކަށެވެ).

-  ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 

އިތުރު މައުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ، ތައުލީމާއި ތަޖުރިބާ އިން އެންމެ މަތީ މާކްސް ހޯދާ 05 ފަރާތަކާއެވެ.
  • ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

27 ޝައްބާން 1438ހ.

23 މެއި 2017މ

 

 

23 މޭ 2017
ހޯދާ