ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
މަޤާމް: ޑިރެކްޓަރ، ލީގަލްއެފެއާޒް
ގްރޭޑް: 1 (އެކެއް)
ޑިޕާޓްމަންޓް: ލީގަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް
އަދަދު: 1 (އެކެއް)
މުސާރަ: -/11,000 ރ
ލިވިންގް އެލަވަންސް: -/3،000 ރ
ނޮން ޕްރެކްޓިސް އެލަވަންސް: -/2،500 ރ
އިތުރު އިނާޔަތްތައް
- އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.
- މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
މަޤާމުގެ ޝަރުތު:
- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން، ނުވަތަ މިދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން،
- ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއި އެކު މުޢާމަލާތު ކުރަން އެގުން،
- މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން،
- މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލް އަށް ސާބިތުކޮށްދިނުން.
މަޤާމުގެ މަސްއޫލިއްޔަތު
- ޑިޕާޓްމަންޓް އޮފް ލީގަލް އެފެއާޒް، މޮނިޓަރިންގް އެންޑް ލައިސަންސިންގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން،
- ޝަރުޢީ އަދި ޤާނޫނީ ދާއިރާ އިން ކޮމިޝަނަށް ބޭނުންވާނެ ލަފާދިނުމައްޓަކައި ހަދަންޖެހޭ ދިރާސާތައްހެދުމާއި އެފަދަކަންކަމަށް ތައްޔާރުކުރަންޖެހޭ ޖަވާބުތައްޔާރު ކުރުމާއި ކޮމިޝަނުން ނިންމާ ނިންމުންތައް ދިފާޢު ކުރުން،
- ކޮމިޝަންގެ ހުރިހާ ޑިޕާޓްމެންޓްތަކަށް ޤާނޫނީ ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން،
- ކޮމިޝަންގެ އެންމެހައި ސިޔާސަތުތަކާއި، ޤަވާޢިދުތަކާއި، އުސޫލުތައް އެކުލަވާލުމުގައި ޤާނޫނީ ލަފާ ދިނުމާއި މިފަދަމަސައްކަތްތައް ހިންގުން،
- ޤާނޫނުތައް ދިރާސާކޮށް ކޮމިޝަންގެ އިޙުތިޞާސްތަކާއި ފުށުއަރާ ދާއިރާތައް ފާހަގަކޮށް އެކަންކަން އިސްލާޙު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވާހިންގުން،
- ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން،
- ކޮމިޝަންގެ ތަޞައްވަރު ރަގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން،
- ކޮމިޝަންގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)
- ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 08 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
ވަޒީފާއަށް އެންމެގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް::
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް
- ބްރޯޑްކާސްޓް ޕޮލިސީހެދުމުގެ މަސައްކަތްކޮށް އަދި ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިވަޒީފާއަށް ހޮވިއްޖެނަމަ، އަމިއްލަ ޕްރޮފެޝަންއާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާގޮތް
އިތުރު މައުލޫމާތު:
- ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން، ޕްރައިވެޓް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިދެވޭނެއެވެ.
އިންޓަރވިއު ކުރުން:
މިމަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334317 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް: މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަ ދަންނަވައި އަދި އީމެއިލް ގެ ޒަރިއްޔައިން ފޮނުވާ އެޕްލިކޭޝަން ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
26 ޝަޢުބާން 1438
22 މޭ 2017