މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާެގެ ފުރުސަތު

ޢިއުލާން

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް)ގެ ދަށުން ކޮށްފައިވާ އިޢުލާނު ނަންބަރު (IUL)101-AF/1/2017/78  ގައިވާ މަޤާމުތަކުގެ ތެރެއިން ޕްރޯސަސް އެނަލިސްޓް މަގާމު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

މަޤާމް: ބިޒްނަސް ޕްރޯސަސް އެނަލިސްޓް

އަދަދު : 01

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް، އައި.ޓީ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުން.
  • ބިޒްނަސް ޕްރޯސަސް ދިރާސާކޮށް، ޕްރޯސަސް ރިއިންޖިނިއަރ ކުރަން އެގުމާއި، އެ މަސައްކަތްކުރުމުގެ ތަޖްރިބާ ލިބިފައިވުން. 
  • ބައިނަލް އަޤްވާމީ ވިޔަފާރީގެ މުޢާމަލާތްތައް ކުރާ ގޮތާއި، ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމާއި ބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އަމަލުކުރާ އުސޫލުތަކާއި ބެހޭ މަޢުލޫމާތު ހުރުން. 
  • ކޮމްޕިއުޓަރ ބޭނުންކުރަން އެނގުން.

މުސާރަ: 22,000 ދިވެހި ރުފިޔާ ( ހުރިހާ އިނާޔަތްތައް ހިމެނޭ ގޮތުގެ މަތިން)

ވަޒީފާގެ މުއްދަތު: ކޮންޓްރެކެޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 31 ޖުލައި 2017 ގެ ނިޔަލަށް

 

މަތީގައި އިއުލާންކުރެވިފައިވާ ކޮންސަލްޓަންސީއާއި ގުޅޭ ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ މަސައްކަތާއި ގުޅުން ހުރި އެހެން ސަރުކާރުގެ އިދާރާއެއް.

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00 އަށް ( އެއް ގަޑި އިރު ގެ ހުސްވަގުތުކޮޅަކާއެކު.

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 29  މޭ ވާ ހޯމަ ދުވަހުގެ 13:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އެޕްލައިކުރައްވާ މަޤާމްގެ ނަމާއި "EIF Project – Tier 1" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 13:00 ދެމެދު 3333139 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

21 މޭ 2017
ހޯދާ