މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ ޓާރމިނަލް (ފެންނާ ގިމަތަ) ގެ 11 އަދި 12 ނަންބަރު ބްލޮކް ކުއްޔަށް ދޫކުރުން

                                                           ނަންބަރު: MREIC/IU/2017/0003

 

ކުއްޔަށް ދޫކުރުން

 

ހުޅުމާލެ ޓާރމިނަލް (ފެންނާ ގިމަތަ) ގެ 11 އަދި 12 ނަންބަރު ބްލޮކް ކުއްޔަށް ދޫކުރުން:

ހުޅުމާލެ ޓާރމިނަލް (ފެންނާ ގިމަތަ) ގެ 11 އަދި 12 ނަންބަރު ބްލޮކް (2634 އަކަފޫޓް) ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޭޕްރިލް 04 ވާ އަންގާރަ ދުވަހު 14:45 އަށް،  މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2017 އޭޕްރިލް 11 ވާ އަންގާރަ ދުވަހު 14:45 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.  

 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ  މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 3001215 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

05 ރަޖަބު 1438

02 އޭޕްރިލް 2017

                              

02 އޭޕްރިލް 2017
ހޯދާ