މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕަވަރގޭޓް ލޮރީއެއް ހޯދުން

                                                                  ނަންބަރު: MREIC/IU/2017/0002   

 

އިޢުލާން

 

ޕަވަރގޭޓް ލޮރީއެއް ހޯދުން:

މި ކުންފުނީގެ އެކި ބޭނުންތަކަށް މާލޭގެ އެއްތަނުން އަނެއްތަނަށް މުދާ އުފުލުމަށް ޕަވަރގޭޓް ލޮރީއެއް ގަންނަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޭޕްރިލް 04 ވާ އަންގާރަ ދުވަހު 14:00 އަށް،   މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2017 އޭޕްރިލް 11 ވާ އަންގާރަ ދުވަހު 14:00 ގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީ ހިސާބަށް ވުރެ ގިނަ އަންދާސީ ހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމުގައެވެ.  

 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ  މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 3001215 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

05 ރަޖަބު 1438

02 އޭޕްރިލް 2017

 

02 އޭޕްރިލް 2017
ހޯދާ