ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ނަންބަރު:WAMCO-CA/IUL/2017/055 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޑްރައިވަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/8,000 އާއި -/ 12,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސ.ހިތަދޫ

ބޭނުންވާ އަދަދު

03

ޝަރުޠު

  1. ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ C0 ފާސް އޮތުމާއެކު، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
  2. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން 7 ގެ ފެންވަރު ހުރުން ނުވަތަ ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
  3. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
  4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛
  5. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ކުނި އުފުލުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  2. ދަތުރުތަކުގައާއި، މަގުމަތީގައި އޮންނަ ވަގުތުތަކުގައި އުޅަނދު ސާފުކޮށް ބެލެހެއްޓުން އަދި ކަމާ ގުޅުންހުރި ރިޕޯޓުތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. ދަތުރުފަތުރުކުރުމުގައްޔާއި، މަގުމަތީގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭ ގެއްލުންތައް ބެލުމާއި، ހާދިސާއެއް ދިމާވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރިޕޯޓުކުރުން.
  4. އުޅަނދަށް ބޭނުންވާ ތެޔޮ އެޅުމާއި، ކަމާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން.
  5. އުޅަނދަށް ބޭނުންވާ ވަސީލަތްތައް ގަތުމާއި، ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. އުޅަނދުގެ ދަތުރުގެ ލޮގު ބެލެހެއްޓުމާއި، ތެލާއި ދަތުރު މީޓަރު ދިމާވޭތޯ ބެލުމާއި ރިޕޯޓްކުރުން.
  7. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި ރަނގަޅަށް މުޢާމަލާތުކުރުން.
  8. ރާއްޖޭގައި ހެދިފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އިޙުތިރާމްކޮށް ޢަމަލުކުރުން.
  9. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  10. މިނޫންވެސް ކުންފުނިން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރިފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2017  އެޕްރީލް 4 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. އަދި މިއިޢުލާނާއި ގުޅިގެން [email protected] އީމެއިލަށް ފޮނުއްވާ އެޕްލިކޭޝަންތައް ބަލައިގަނެވޭނެ.

އިންޓަރވިއު:

އިންޓަރވިއުއާއި އިމްތިޙާނުކުރުން ބޭއްވޭނެ ތަނާއި ތާރީޙް މި މަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ހޮވޭފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 05 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 05 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ނުވަތަ 7584070 ފޯނަށް ގުޅުއްވުން އެދެމެވެ.

01 ރަޖަބު 1438

29 މާރޗް 2017

28 މާރިޗު 2017
ހޯދާ