މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ޔޫ.ޕީ.ވީ.ސީ ޕައިޕް އަދި އެކްސަސަރީސް ސަޕްލައިކޮށް ޑެލިވާ ކޮށްދޭނެ ފަރާތްތައް ޕްރީކޮލިފައިކުރުމާއި ބެހޭ

              ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ ދަޢުވަތު            

15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ޔޫ.ޕީ.ވީ.ސީ ޕައިޕް އަދި އެކްސަސަރީސް ސަޕްލައިކޮށް ޑެލިވާ ކޮށްދޭނެ ފަރާތްތައް ޕްރީކޮލިފައިކުރުމާއި ބެހޭ

މިނިސްޓްރީ އޮފް އެންވަޔަންރަމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން 15 ރަށެއްގައި (ހއ.އުތީމު، ނ.ލަންދޫ، ރ.މާކުރަތު، ރ.ރަސްމާދޫ،  ކ.ކާށިދޫ، އދ.ހަންޏާމީދޫ، އދ.އޮމަދޫ، ފ.ފީއަލި، ލ.މާވަށު، ފ.ބިލެއްދޫ، ރ.އިންނަމާދޫ، ށ.ފީވަކު،  ގއ. ގެމަނަފުށި، ގދ. މަޑަވެލީ  އަދި ހއ. ބާރަށް ) ނަރުދަމާ މަޝްރޫއަށް ބޭނުންވާ ޔޫ.ޕީ.ވީ.ސީ ޕައިޕް އަދި އެކްސަސަރީސް ސަޕްލައިކޮށް ޑެލިވާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ޕްރީކޮލިފައިކުރުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2 އެޕްރީލް 2017 އިން 20 އެޕްރީލް 2017 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި މިނިސްޓްރީންނެވެ. ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޕްރީ-ކޮލިފިކޭޝަން ބީލަން ހުޅުވުން އޮންނާނީ 24 އެޕްރީލް 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349296  3349115

އީމެއިލް : [email protected]

ކޮޕީ  : [email protected]

28 މާރިޗު 2017
ހޯދާ