މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އޮޕަރޭޝަންސްގެ މަސައްކަތްތަކެއް ކުރުމަށް ކޮންޓްރެކްޓް އުޞޫލުން މީހުން ގެންގުޅެން ބޭނުންވެއެވެ.

 

 

މީހުން ހޯދުން

މިކުންފުނީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އޮޕަރޭޝަންސްގެ މަސައްކަތްތަކެއް ކުރުމަށް ކޮންޓްރެކްޓް އުޞޫލުން މީހުން ގެންގުޅެން ބޭނުންވެއެވެ.

 

އުޖޫރަ

  1. 200.00 ރުފިޔާ ދުވާލަކަށް (8 ގަޑިއިރު) 
  2. 100.00 ރުފިޔާ (04 ގަޑިއިރު )

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޝަރުޠު

  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް (ވަރޑް، އެކްސެލް) ބޭނުން ކުރަން އެނގުން.

ނޯޓް:

  • ކޮލެޖް އަދި ޔުނިވަރސިޓީފައި އުޅުއްވާ ފަރާތްތަކަށްވެސް މި ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.
  • އުމުރުން 18 އަހަރު ނުފުރޭ ފަރާތެއްނަމަ ބެލެނިވެރިޔާގެ ލިޔުމެއް ހުށަހަޅުއްވަން ޖެހޭނެއެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް:

   މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 މާރިޗް 05 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ކޮންޓްރެކްޓް  އުޞޫލުން މަސައްކަތް ކުރުމަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހި ރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

                             29 ޖުމާދަލްއޫލާ  1438

                             26 ފެބްރުއަރީ 2017

 

 

26 ފެބުރުވަރީ 2017
ހޯދާ