ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފޮތްތަކުގެ ޑިޒައިންކޮށް ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 ފޮތްތަކުގެ ޑިޒައިންކޮށް ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ   

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ތައްޔާރު ކުރަން ބޭނުންވާ އެކި އެކި ފޮތްތައް ޑިޒައިންކޮށް ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 މާރިޗު 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 14 މާރިޗު 2017 ވާ އަންގާރަ ދުވަހުގެ 10:00 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.

 

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                                                                                                                                                           

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

22 ފެބްރުއަރީ 2017

22 ފެބުރުވަރީ 2017
ހޯދާ