މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިއުލް ޑިސްޕެންސަރއެއް ގަތުމާއިބެހޭ

އިޢުލާން

މިކައުންސިލުންދޭ ތެލުގެ ޚިދުމަތަށް ބޭނުންވާ ފިއުލް ޑިސްޕެންސާއެއް ގަތުމާ ބެހޭ

                  މުލަކަތޮޅު މުލީ ކައުންސިލްގެ ފަރާތުން ދެމުންއަންނަ ތެލުގެ ޚިދުމަތަށް ފިއުލް ޑިސްޕެންސަރއެއް

ގަންނަން ބޭނުންވެއްޖެއެވެ.

                ވީމާ، ތިރީގައިވާ މަޢުލޫމާތާއެއްގޮތްވާ ގޮތުގެމަތީން މިކައުންސިލަށް ފިއުލް ޑިސްޕެންސަރއެށް

ވިއްކަން ބޭނުންވާ ފަރާތްތަކުން 05 މާރޗް 2017 އާދީއްތަ ދުވަހުގެ 12:00 އިން 13:00 އާ ދެމެދު މިކައުންސިލް

އިދާރާގެ އީ މެއިލް އެޑްރެސް [email protected] އަށް ބިޑް ފޯމް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ އެދުވަހުގެ

13:00 އަށް ފުރިހަމަކޮށްފައިވާ ބިޑްފޯމް ހިއްޕަވައިގެން މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ފިއުލް ޑިސްޕެންސަރ އާއި ބެހޭ މަޢުލޫމާތު.

1.     ބްރޭންޑް އަދި މޮޑެލް

2.     ސައިޒް

3.     ވޯލްޓޭޖް

4.     ޑިސްޕްލޭ ޑީޓެއިލްސް

5.     ކީޕެޑް ޑީޓެއިލްސް

6.     މަދަރބޯޑާއި އިތުރު ހާޑްވެއަރ އާއި ބެހޭ މަޢުލޫމާތު

7.     އިލެކްޓްރިކް މޯޓަރާއި ބެހޭ މަޢުލޫމާތު

8.     ހޯސް. ނޮޒުލް އަދި ކޮންފިގިރޭޝަން އާއި ބެހޭ މަޢުލޫމާތު

9.     ވޮރަންޓީ

10.  ސްޕެއަރ ޕާޓްސް ރާއްޖެއިން ލިބެންހުރުން ނުވަތަ ހޯދައިދިނުން

11.   ޑީސެލް، ޕެޓްރޯލް ވަކިން

12.   އިންސްޓޯލް ކޮށްދިނުން

ހުށަޅަންޖެހޭ މަޢުލޫމާތު.

1.     ހުށަހަޅަންޖެހޭ ފިއުލް ޑިސްޕެންސަރ އާއި ބެހޭ މަޢުލޫމާތު

2.     ވިއްކާ އަގާއި ޕޭމަންޓް ދައްކަންޖެހޭ ގޮތުގެ ތަފްޞީލް އަދި ޑިސްޕެންސަރ ފޯރުކޮށްދެވޭނެ މުއްދަތު ހިމަނާފައިވާ ބިޑްފޯމް

3.     ފިއުލް ޑިސްޕެންސަރގެ ފޮޓޯ

4.     ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އާއި މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ލިޔުން

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6720508 ނަންބަރު ފޯނަށް ނުވަތަ 

މިކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ޝާތިރު ގެ މޯބައިލް ނަންބަރ: 7785003 އަށެވެ.

 

22 ފެބުރުއަރީ 2017

              

22 ފެބުރުވަރީ 2017
ހޯދާ