ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް 

          ދިވެހިރާއްޖެ.                                

                                                                      ނަންބަރު: (IUL)120/120/2017/7 

އިޢުލާން

2017 ވަނަ އަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން:

2017 ވަނަ އަހަރުގެ މޭ/ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ (ޓައިމްޓޭބަލް) 2017 ފެބުރުވަރީ 22 ވަނަ ދުވަހުން ފެށިގެން 2017 ފެބުރުވަރީ 28 ގެ ނިޔަލަށް މިޑިޕާޓްމަންޓުންނާއި އެކެންޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކުން ދޫކުރާނެއެވެ. މިޑިޕާޓްމަންޓަންޓުން ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ.  

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީއާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.

ސްޓޭޓްމަންޓް އޮފް އެންޓްރީގައި އެއްވެސް މައްސަލައެއްވާނަމަ، 2017 މާރިޗު 01 ވަނަ ދުވަހުގެ 1200 ގެ ކުރިން ލިއުމަކުން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ފަހުން ހުށަހަޅުއްވާ އިޞްލާޙުތައް ގެނެވޭނީ އެމެންޑްމަންޓް ފީ ދެއްކެވެމުންނެވެ.

 

24 ޖުމާދަލްއޫލާ 1438

21 ފެބުރުވަރީ 2017

 

21 ފެބުރުވަރީ 2017
ހޯދާ