މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަވަންދޫގައި ޕްރީސްކޫލް ތަޢުލީމް ފޯރުކޮށްދޭ ސްކޫލެއް ޤާއިމުކުރުމަށްޓަކައި ބިޑް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ޕްރޮފެޝަނަލް ޕްރީސްކޫލް ތަޢުލީމެއްގެ ފުރުސަތު ދަރަވަންދޫގެ ތުއްތު ކުދިންނަށް ފަހިކުރުމުގެ ގޮތުން ދަރަވަންދޫ ޕްރީސްކޫލް ހިންގަމުން ގެންދިޔަ ޢިމާރާތުގައި ޕްރީސްކޫލް ތަޢުލީމް ފޯރުކޮށްދޭ ސްކޫލެއް ޤާއިމްކޮށް ހިންގުމުގެ ފުރުސަތު ހުޅުވައިލައި އިޢުލާންކުރީމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި ޕްރޮޕޯޒަލްތައް ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.

މަޢުލޫމާތު ދިނުން

2017 ފެބުރުވަރީ 28 ވާ އަންގާރަދުވަހުގެ 11:00

ޕްރޮޕޯޒަލްތައް ބަލައިގަތުން

2017 މާރިޗު 12 ވާ އާދީއްތަދުވަހުގެ 13:00

އެންމެ ފަރާތަކުން ބިޑް ޕްރޮޕޯޒަލް ހުށަހެޅިކަމުގައި ވިޔަސް ބިޑު އިވެލުއޭޓްކުރުމަށްފަހު، ބިޑް ޑޮކިއުމަންޓްގައި ބުނާ މިންގަނޑުން މާރކްސް ލިބިފައިވާނަމަ އެ ފަރާތަކާއި ބިޑު އެވޯރޑްކޮށް އެގްރިމެންޓްކުރެވޭނެ އެވެ.

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެ އެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.

08 ފެބުރުވަރީ 2017
ހޯދާ