މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
1 ފެބުރުަވަރީ 2017 އިން ފެށިގެން ބާތިލް ކުރެވިފައިވާ ޓްރެވަލް އެޖެންސީތައް

އިޢުލާން 

ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދުގެ (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ޤާވާއިދު) 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ. މި އަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ އެކުންފުންޔަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެކަމަށްވެސް އެމާއްދާގައި ބުނެފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު 31 ޖެނުއަރީ 2017 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ހުށައަޅުއްވާފައި ނުވާ ތިރީގައިމިވާ ޓްރެވެލް އެޖެންސީތަކުގެ ހުއްދަ ބާތިލް ވެފައިވާ ވާހަކަ ދަންނަވާ ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ. 

23 ޖުމާދަލްއޫލާ 1438ހ

20 ފެބުރުވަރީ 2017
ހޯދާ