ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ލީގަލް ކައުންސެލް

މަގާމު:

ސީނިއަރ ލީގަލް ކައުންސެލް

މަސައްކަތްކުރަންޖެހޭ ތަން:

އެމްޕްލޯއީ ރިލޭޝަންސް / ސިވިލް ސަރވިސް ކޮމިޝަން

މަގާމުގެ އުޖޫރަ:

މި މަޤާމަށް ހޮވޭފަރާތެއްގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅޭނީ އެ ފަރާތެއްގެ ވަޒީފާގެ ޤާބިލްކަން ހުރި މިންވަރެއްގެ މައްޗަށް ރިޢާޔަތްކޮށް ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެންނެވެ.

ވަޒީފާގެ ގިންތި:

ކޮންޓްރެކްޓް

ކޮންޓްރެކްޓް ކުރެވޭ މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ ރަސްމީ މަސައްކަތު ވަގުތުގެ ގޮތުގައި ގަޑި ކަނޑައެޅިފައިވާ މިންވަރު ( މި ވަގުތުތައް ވަޒީފާއަށް ހޮވޭ ފަރާތާއި ކޮމިޝަނާ ދެމެދު މަޝްވަރާކޮށް ފްލެކްސީ ކުރެވިދާނެއެވެ.)

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުން އަދި،
  2. ޤާނޫނީ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. (މި މަގާމަށް މީހަކު ހޮވުމުގައި ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ދައުވާކުރުމާއި، ދައުވާ ބަލައިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  2. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޤާނޫނީ ލަފާ ދިނުމުގައި ބޭނުންކުރާނެ މިންގަނޑުތައް އެކުލަވާލައި، ހިންގައި ބެލެހެއްޓުން.
  3. ޝަރުޢީ ކޯޓްތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  4. ސިވިލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް އެކުލަވާލަންޖެހޭ ޑްރާފްޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން. 
  5. ސިވިލް ސަރވިސްގެ އިދާރާތަކުގައި އެމްޕްލޯއީ ރިލޭޝަންސްއާބެހޭ ދިރާސާތައްކޮށް، ދިރާސާ ރިޕޯޓްތައް ކޮމިޝަނަށް ހުށަހެޅުން.
  6. ސިވިލް ސަރވިސްގެ މުވައްޒަފުން ހުށަހަޅާ ޝަކުވާގެ ބާވަތްތައް ދިރާސާކޮށް، އެފަދަ ޝަކުވާތަކުގެ އަސްލަށް ރުޖޫޢަވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ޝަކުވާތައް އޮފީހުގެ މާހައުލުގައި ހައްލުކުރެވޭނެ ގައިޑްލައިންތަކެއް އެކުލަވާލައި އާންމުކުރުން.
  7. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ޤާނޫނީގޮތުން ދިމާވާ މައްސަލަތައް ޓްރައިބިއުނަލް ނުވަތަ ކޯޓަށް ދިއުމުގެ ކުރިން ހައްލުކުރުމަށްޓަކައި ސިވިލް ސަރވިސްގެ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އެއާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  8. ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ޤާނޫނާ ގަވާއިދާ ޚިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިގެން އެފަދަ މައްސަލައެއް އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހަޅައި، އެ މުވައްޒަފަކު ހިތްހަމަޖެހޭ ނަތީޖާ ހާޞިލުނުވެގެން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ރިޕޯޓުތައް ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 
  9. ޤާނޫނާއި ގަވާއިދާގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  10. ސެކްޝަނުގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓިޖީތަކާއި އުސޫލުތައް އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
  11. ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކުރުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގެ މަސައްކަތް ކުރިއަށްދާނެގޮތް:

  • ސީނިއަރ ލީގަލް ކައުންސިލްގެ މަޤާމަށް މީހަކު ހޮވުމުގައި ބޭނުންކުރާނެ ކްރައިޓީރިއާ އާއި ޢަމަލުކުރާނެ އުޞޫލުތައް ތިރީގައި މިވަނީއެވެ.
  1. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން މަސައްކަތް ކުރެވިދާނެތޯ ބެލުމަށް "ޕްރިލިމިނަރީ އިންޓަވިއު" އެއް ބޭއްވޭނެއެވެ.
  2. "ޕްރިލިމިނަރީ އިންޓަވިއު" އިން އެންމެ މަތިން މަރކްސް ހޯދާ 3 ފަރާތަކަށް މަޤާމުގެ ގާބިލްކަން ހުރިމިންވަރު ދެނެގަތުމުގެ "ޓެކްނިކަލް އިންޓަވިއު" އެއް ބޭއްވޭނެއެވެ.
  3. "ޓެކްނިކަލް އިންޓަވިއު" އިން އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތެއް ވަޒީފާއަށް އައްޔަނުކުރެވޭނެއެވެ.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2017 ފެބުރުވަރީ 26 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

 

އިތުރު މަޢުލޫމާތު ސާފުކުރުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

 

19 ޖުމާދަލްއޫލާ 1438ހ

16 ފެބުރުވަރީ 2017މ

16 ފެބުރުވަރީ 2017
ހޯދާ