މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
09 ރަށެއްގެ ނަރުދަމާ ނިޒާމްގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ( އީ.އައި.އޭ ) ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ 09 ރަށެއްގެ ނަރުދަމާ ނިޒާމްގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ( އީ.އައި.އޭ ) ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ ތެރޭގައި އީ.އައި.އޭ ސްކޯޕިންގ އަށް އެޕްލިކޭޝަން ހުށަހެޅުމާއި، އީ.އައި.އޭ ސްކޯޕިންގ މީޓިންގައި ފާހަގަކުރާ ކަންތަކަށް ރިއާއައްކޮށް ސާރވޭ މަސައްކަތްތައް ކުރުމާއި، އީ.އައި.އޭ ތައްޔާރުކުރުމާއި، އީ.އައި.އޭ ރިވިއުއަރސް އެދިވަޑައިގަންނަވާ ސުވާލުތަކަށް ޖަވާބުދާރީވުން ހިމެނެއެވެ.

އީ.އައި.އޭ ރިޕޯޓް ތައްޔާކުރަންވާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ތަންފީޒުކުރުމުންދާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012 އެއްގޮތަށެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުންނަށް "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މިސައްކަތުގެ " ރިކުއެސްޓް ފޮރ ޕްރޮޕޯސަލް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝަޢުޤުވެރިވާ ފަރާތްތަށް [email protected] އަށް މެއިލް ކުރައްވައިގެން ރެޖިސްޓްރީ ކުރަންވާނެއެވެ. ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުމަށް ރެޖިސްޓްރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 27 ފެބުރުވަރީ 2017 އެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 މާރިޗު 01 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 މާރިޗު 01 ވާ ބުދަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

16 ފެބުރުވަރީ 2017
ހޯދާ