މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މުވައްޒަފުން ހޯދުން

 

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

 

         ރ.މާކުރަތު ، ދިވެހިރާއްޖެ

އިޢުލާން

 

މަޤާމް:   މަސައްކަތު

ބޭނުންވާ ޢަދަދު:   06 (ހައެއް)

ރޭންކް:  އެސް އެސް 1

ކްލެސިފިކޭޝަން:   ސަޕޯޓް ސްޓާރފް ގުރޭޑް 1

މުސާރަ (މަހަކު): 3000.00

ސަރވިސް އެލަވަންސް:  (މަހަކު) 500.00 (ފަސްސަތޭކަ ރުފިޔާ)

ވަޒީފާއަދާކުރަން ޖެހޭ ތަން: ރ.މާކުރަތު ކައުންސިލްގެ އިދާރާ

އޮފީސް/އިދާރާ:   ރ. މާކުރަތު ކައުންސިލްގެ އިދާރާ

ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމުގެ ގިންތި:  ވަގުތީ

މުއްދަތު:  12(ބާރަ) މަސްދުވަސް

މަޤާމުގެ ޝަރުތު:  

1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤަބިލްކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތަކާއި މަސްޢޫލިއްޔަތުތައް:

  1. ކައުންސިލްގެ އިދާރާއިން ހަމަޖައްސާ ރަށުގެ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ، ވިނަނޮޅާ ސާފުކުރުން އަދި އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގެ މަސައްކަތް ކުރުން.
  2. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ބިންތަކުގެ ވަށައިގެންވާ މަގުތަކާއި ގޯތިތެރެ ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާގެ ޝަރުތު ފުރިހަމަވުން
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ
  • މަސައްކަތުގެ ހުނަރާއި ޤާބިލްކަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީއާއެކު، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ރ.މާކުރަތު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުގޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގާދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

   (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވަ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދޭ ފޯމު މި (މާކުރަތު ކައުންސިލް އިދާރާ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިދާރާގެ www.mci.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ފެބުރުއަރީ 2017 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ރ.މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. ސިޓީއާއެކު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ރ.މާކުރަތު ކައުންސިލް އިދާރާއަށް ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 ފެބުރުއަރީ 2017 އާއި 15 ފެބުރުއަރީ 2017 އާ ދެމެދު، ރ.މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ 6580015 ނަންބަރު ފޯނާއެވެ.

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭ ނެއެވެ.
  • ޢުމުރުން 60 އަހަރު ނުފުރޭ މީހެއްކަމުގައިވުން.

ނޯޓް:

  • o މިއީ މިއިދާރާގެ ސިވިލްސަރވިސް މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މަޤާމެއް ނޫނެވެ. ނަމަވެސް މި މަޤާމުގައި މުވައްޒަފުން ގެންގުޅޭނީ ސިވިލް ސަރވިސް ޤަވާއިދު 2014 ގެ ޗެޕްޓަރ 9 ގައިވާ ވަގުތީ މުވައްޒަފުން ގެންގުޅުމަށް ހަމަޖެހިފައިވާ އުސޫލުންނެވެ.
  • o މި މަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރައްވަން ޖެހޭނީ ރަސްމީ ދުވަސްތަކުގައި ރ.މާކުރަތު ކައުންސިލުން ހަމަޖައްސަވާ ގަޑިތަކެއްގައި ދުވާލަކު 06 (ހައެއް) ގަޑިއިރުއެވެ.
  • o މި މަޤާމުގެ މުވައްޒަފުންނަށް ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ 12 މަސް ދުވަހަށް 30 ސަލާމް އަދި 12 މަސްދުވަހަށް 10 އާއިލީ ޒިންމާގެ ޗުއްޓީއެވެ.
  • o މި މަޤާމަށް ހޮވޭ ފަރާތްތައް ޕެންޝަން ސްކީމްގައި ރަޖިސްޓްރީ ކުރެވި މުވައްޒަފުންގެ މުސާރައިން %7 ކައުންސިލްގެ އިދާރާއިން %7 ޖުމްލަ އަށްވާ ފައިސާ ޕެންޝަނަށް ފަންޑަށް ޖަނާކުރެވޭނެއެވެ.
  • o މި މަޤާމަށް ހޮވޭ ފަރާތްތަކަށް ރަމަޟާން މަހުގެ އިނާޔަތާއި ސަރވިސް އެލަވަންސްގެ އިތުރަށް އިތުރު އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
  • o މި އިޢުލާނު ރ.މާކުރަތު ކައުންސިލްގެ އިދާރާގެ ވެބްސައިޓް www.mci.gov.mv ބެލެން ހުންނާނެއެވެ.  

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

05 ޖުމާދަލްއޫލާ 1438

02 ފެބުރުއަރީ 2017   

02 ފެބުރުވަރީ 2017
ހޯދާ