ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ދެމަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް ލައިބްރޭރިއަން
ބޭނުންވާ އަދަދު :1

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ:  -/5020 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: ކަލެކްޝަން އެންޑް ސާރވިސަސް ސެކްޝަން

 

މަސައްކަތް ކުރަންޖެހޭ ތަން: ތިނަދޫ ޕަބްލިކް ލައިބްރަރީ، ގދ.ތިނަދޫ

ޝަރުޠު:

-          ލައިބްރަރީ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

-          މަތީ ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ

-          ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

              

  • އޮފީސް ހުޅުވާ ލެއްޕުން.
  • ސާރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް ކުރުން.
  • ރިފަރެންސް ސަރވިސްގެ ޚިދުމަތް ދިނުން.
  • މެމްބަރޝިޕް ރެޖިސްޓްރޭޝަން ހަދައިދިނުން.
  • ދުވަހުން ދުވަހަށް ސްޓެޓިސްޓިކްސްް ރެކޯޑް ކުރުން.
  • ސަރވިސް ކައުންޓަރަށްް ލިބޭ ފައިސާއަށް ރަސީދު ހަދައި ރެކޯޑް ބެލެހެއްޓުން.
  • ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރިއަށްލުން.
  • ލައިބްރަރީގެ ޚިދުމަތްދޭ ކަލެކްޝަންތައް ބެލެހެއްޓުމަށް ޙަވާލު ކުރެވިފައިވާ އުސޫލުން ޑިއުޓީ އަދާކުރުން.
  • ޝެލްވިންގއާ ބެހޭ މަސައްކަތްކުރުން.
  • ކަސްޓަމަރުންގެ ފަރާތުން ލިބޭ އެންކުއަރީ ތަކަށް ޖަވާބުދާރީވުން.

 

ނޯޓް: ލައިބްރަރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެެވެ.

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

މަޤާމުގެ ނަން: މަސައްކަތު

މުސާރަ:  -/3470 ރުފިޔާ

ސާރވިސް އެލަވަންސް: -/1000 ރުފިޔާ

ރޭންކް: އެސް.އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: ތިނަދޫ ލައިބްރަރީ، ޤައުމީ ކުތުބުޚާނާ

 

މަސައްކަތް ކުރަންޖެހޭ ތަން: ތިނަދޫ ޕަބްލިކް ލައިބްރަރީ، ގދ.ތިނަދޫ

ޝަރުޠު:

-          މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-          މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން.

 

ނޯޓް: ލިޔަން ކިޔަން ދަތުމާއިއެކު، މަގާމުގައި ކުރަންޖެހޭ މަަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ސިއްޚަތެއްގައި ހުރި މީހެއްކަމުގައިވުން.

 

 

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އާދަވެގެން ދުވަހުން ދުވަހަށް ކުރުމަށް ޙަވާލުކުރާ މަސައްކަތް ކުރުމާއި ކުނިކަހައި، ފޮޅާ ސާފުކުރުން.
  • އޮފީސްތަކަށާއި އެހެނިހެން ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީިފަދަ ތަކެތި އެ ފަރާތްތަކަށް ރައްދުކުރުން.
  • މީޓިންގތަކަށާއި އެހެނިހެން ކަންތައްތަކަށް، ގޮނޑި، މޭޒު އަތުރައި ތައްޔާރު ކުރުން.
  • އޮފީހުގެ ފަރާތުންކުރާ ބޮޑެތި މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  • ލައިބްރަރީގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭގޮތުން ޙަވާލުކުރެވޭ ކަންކަން ކުރުން.

 

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ނޯޓް: 

-          މި މަޤާމުތަކަށް ޝަރުޠު ހަމަވާ މީހުން ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. 

-          މި މަޤާމުގެ އިންޓަވިއު އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ޤައުމީ ކުބުޚާނާގެ މީޓިންގ ރޫމްގައެވެ.

-          މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

-         ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

-          މިމަޤާމުތަކަަށް ހޮވޭ މުވައްޒަފުން މަސައްކަތްކުރަން ޖެހޭނީ، ހެނދުނު 9:00 އާއި 18:00 އާ ދެމެދު، ޤައުމީ ކުތުބުޚާނާއިން ކަނޑައަޅާ ޑިއުޓީއަކަށް، ދުވާލަކު 6 ގަޑިއިރުއެވެ. އަދި އެ މުވައްޒަފުން ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާންޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 

  • ސުންގަޑި: 2016 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ޤައުމީ ކުތުބުޚާނާ (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ ޢިމާރާތް)
  • އެޕްލިކޭޝަން އީމެއިލްކުރާނަމަ: [email protected]
  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 
16 ޖަނަވަރީ 2017
ހޯދާ