ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަގާމު:

މަސައްކަތު (ވަގުތީ)     

މަގާމުގެ ޢަދަދު:

1 ( އެކެއް)

ރޭންކު:

ސަޕޯޓް ސަރވިސް (އެސް.އެސް 1)

ކުލެސިފިކޭޝަން:

ސަޕޯޓް ސަރވިސް ގުރޭޑް 1              

މުސާރަ:       

3100.00 ރުފިޔާ     

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކުޝަން

ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ / ކޯޕަރޭޓިވް އެފެއާޒު                  

މަގާމުގެ ފެންވަރު ނުވަތަ ޝަރުޠު / ތައުލީމާއި ތަޖުރިބާ

1-  ލިޔަން ކިޔަން ދަތުމާއެކު މަގާމު މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަގާމުގެ މަސްއޫލިއްޔަތު:

1-ގެސްޓްހައުސްގެ ގޯތިތެރެ ވިނަނޮޅާ ސާފުކުރުން.

2-ގެސްޓްހައުސް ސާފުކޮށް ބެލެހެއްޓުން.    

3-ގެސްޓްހައުސްގެ ގޯތިތެރޭގައި ހައްދާފައިހުންނަ ގަސްތަކަށް ފެންދީ ބެލެހެއްޓުން. 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތައުލީމާއި ތަމްރީނު
  • މަސައްކަތްކުރުމުގެ ހުނަރާއި ގާބިލްކަން

އުޖޫރައާއި އިނާޔަތްތައް:

ސިވިލް ސަރވިސް ގަވާއިދުގައި ހަމަޖެހިފައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާއާއި ގުޅިގެން ދެވޭ އެހެނިހެން އިނާޔަތްތައް ދެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނަކާއި މުއްދަތު:

ތަނާއި މުއްދަތު ނުވަތަ ތާރީޚް ކަނޑައެޅު ހަމަޖެހުމުން މަދުވެގެން ރަސްމީ 5 ދުވަސް ކުރިން މިމަގާމަށް އެދުނު ފަރާތްތަކަށް ދެންނެވޭނެއެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި އާއި ތަން:

31 ޖަނަވަރީ 2017 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން  މިއިދާރާއަށް

ހުށަހަޅަށްޖެހޭ ލިޔުންތައް:

1- ސިވިލްސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭފޯމު މިއިދާރާގެ ކައުންޓަރުންލިބެން ހުންނާނެ އެވެ.)

2-މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ

3-ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް

4-  ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރުމައުލޫމާތު:

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800713 އަތޮޅު ކައުންސިލްގެ އިދާރާ،

            19 ރަބީއުލްއާޚިރާ 1438 

17 ޖަނަވަރީ 2017
ހޯދާ