ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

ނަންބަރ:IUL)267/267/2017/4)                                              

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރާގައިވާ މަޤާމަށް މީހުންބޭނުންވެއްޖެއެވެ.

 

މަޤާމް:

ސެކިއުރިޓީ އޮފިސަރ

 

ބޭނުންވާ އަދަދު:

2 (ދެއެއް)

 

މުސާރަ:

މަހަކު -/3،100 ރުފިޔާ

 

އެޓެންޑެންސް އެލަވަންސް

މަސައްކަތު ނުކުންނަ ކޮންމެދުވަހަކު -/33 ރުފިޔާ

 

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

 

ވަޒީފަގެ ބާވަތް:

ކޮންޓްރެކްޓް އުސޫލުން (މަސައްކަތަށް ރަނގަޅުނަމަ، ކޮންޓްރެކްޓް އާކުރެވޭނެއެވެ. )

 

ކޮންޓްރެކްޓްގެ މުއްދަތު:

1 އަހަރު ދުވަސް

 

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

މުނިސިޕަލް ސަރވިސް

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ތަޢުލީމާއި، ތަޖުރިބާ

  1. ލިޔަންކިޔަން އެނގުން.
  2. މަސައްކަތުގެ ހުނަރާއި، ޤާބިލުކަން ލިބިފައިވުން
  3. ފުރިހަމަ ޞިއްޙަތެއްގައިހުރުން.
  4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.
  5. އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި އެންމެހައި އިމާރާތްތަކާއި، އިމާރާތްތަކުގައިވާ ތަކެއްޗާއި، ގޯތިގެ ވަށައިގެންވާ ގޯޅިތަކާއި މަގުތަކުގެ ސެކިއުރިޓީ، ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތީން ބެލެހެއްޓުން.
  2. ކަނޑައެޅިފައިވާ ގަޑިތަކުގައި ކައުންސިލްގެ އިދާރާގެ ދިދަ ނެގުމާއި ދިދަ ބޭލުން
  3. ކައުންސިލްގެ އިދާރާގެ ގޯތިތެރެއަށާއި ބަގީޗާއަށް އަދި މަގުތަކަށް ފެންޖެހުން
  4. ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  5. ވާޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  6.  މުޖުތަމަޢުއާއި ކައުންސިލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.
  7. ރަށުގެ ތަރައްޤީއަށްކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް.

4. މި މަޤާމަށް މީހުންހޮވުމުގައި ކޮންސްޓްރަކްޝަންގެ ދާއިރާގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަވިޔު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް  ކުރިމަތިލުމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2017  ޖަނަވަރީ  25  ވާ  ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން،  ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ވަޒީފާއަށް އެދޭ ފޯމާއެކު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

7. ޕޮލިސް ސެޓްފިކެޓް (ޕޮލިސް ރިޕޯޓް) 

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6520034  ނަންބަރު   ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520034 އެވެ. އީމެއިލް އެޑްރެހަކީ،[email protected]އެވެ.

 

18 ޖަނަވަރީ 2017
ހޯދާ