ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމް :ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ  

މަޤާމް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

MS2

މަޤާމުގެ ރޭންކް:

-/6295 ރުފިޔާ (މަހަކު)

މުސާރަ:

- ސަރވިސް އެލަވަންސް: -/2000 ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35

- އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އެހެނިހެން ޢިނާޔަތްތައް:

1 (އެކެއް)

ބޭނުންވާ އަދަދު:

ޑޭޓާ ޕްރޮސެސިންގ އެންޑް ޑޭޓާ މެނޭޖްމަންޓް

ބޭނުންވާ ސެކްޝަން:

1. އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3. އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4. އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

1. ސްޓެޓިސްޓިކްސް ޑިވިޜަނުން ސަރވޭތަކުގެ ޑޭޓާއެންޓްރީ ޕްރޮގްރާމްތައް ތައްޔާރުކުރުމާއި، ޑޭޓާ އެޑިޓްކުރުމާއި، ޓޭބަލްތައް ޖެނެރޭޓްކޮށް ޑޭޓާބޭސް އެކުލަވާލައި މެނޭޖްކުރުމާއި އަދި މައިކްރޯ ޑޭޓާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.

2. ސަރވޭއާއި ޑޭޓާޕްރޮސެސިންގގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، ސަރވޭގައި އެއްކުރާ މަޢުލޫމާތުތައް ޕްރޮސެސިންގ އާއި ޑޭޓާމެނޭޖްމަންޓް، ޒަމާނާ އެއްގޮތަށް ތަރައްޤީކުރުން.

3. ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސަރވޭތަކުގެ ޑޭޓާ ޕްރޮސެންސިންގގައި އެފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.

4. ޑޭޓާ ޑިސެމިނޭޝަން ސިސްޓަމް އޮޓޮމޭޓް ކުރުމާއި، ކޮމްޕިއުޓަރ ޓެކްނޮލޮޖީގެ ޒަރީޢާއިން ޑިސެމިނޭޓް ކުރެވޭނެ ނިޒާމު ޤާއިމުކުރުމުގައި އެހީތެރިވެދިނުން

5. ސްޓެޓިސްޓިކްސް ޑިވިޜަނުން ތައްޔާރުކޮށް، ޢާންމުކުރާ ޑޭޓާބޭސް އެޕްލިކޭޝަންތަކަށް (މޯލްޑިވް އިންފޮރ ފަދަ) ދިމާވާ ޓެކްނިކަލް މައްސަލަތައް ދިރާސާކޮށް ހައްލުކުރުމުގައި އެހީތެރިވެދިނުން.

6. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުންނާއި އެކިއޮފީސްތައް މެދުވެރިކޮށް އެއްކުރާ ޑޭޓާތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ޑޭޓާތަކުގެ ބެކަޕްސް ނެގޭފަދަ ނިޒާމުތައް ޑިޒައިންކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

7. ސްޓެޓިސްޓިކްސް ޑޭޓާ ބޭސްތައް ޤާއިމުކޮށް، އާންމު ފަރާތްތަކަށް ޑޭޓާ ފަސޭހައިން ލިބޭނެ ގޮތަކަށް އެޕްލިކޭޝަންސްތައް ޑިޒައިންކުރުމުގައި އެހީތެރިވެދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް / މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެހަފްތާގެ ފަހުން މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާންކުރުން:

- ކޮމްޕިއުޓަރަށް އަހުލުވެރި މިންވަރު (ދިވެހި / އިނގިރޭސި ޓައިޕިންގ)

- ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔުން އިބާރާތްކުރުމުގެ ފެންވަރު

- އޮފީހުން ބޭރުގައި ކުރަންޖެހޭ މަސައްކަތް ކެރިގެން ކުރުން

- މާލެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަމަށް ފަސްނުޖެހުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް:

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓު އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ޝޯޓްލިސްޓު ކުރުން:

2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް.

ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު ވަގުފު ބިލްޑިންގ (ސޯޝަލް ސެންޓަރުގެ ކުރިމަތި) ގެ 9 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް  އެދޭ  ފޯމާއި،  ވަޒީފާއަށް  އެދި  ހުށަހަޅާ  ލިޔުންތައް  ލިބުނުކަން  ކަށަވަރުކުރާ  ފޯމު،  މި  ބިއުރޯއިން  ލިބެން ހުންނާނެއެވެ. އަދި މި ބިއުރޯގެ ވެބްސައިޓް http://statisticsmaldives.gov.mv އިން މި ފޯމުތައް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3008407 ނަންބަރު ފޯނަށެވެ.  

އިތުރު މަޢުލޫމާތު:

9 ރަބީޢުލްއާޚިރު 1438

10 ޖަނަވަރީ 2017
ހޯދާ