އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

2017 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް ހުށަހަޅަންވާނީ މި ސްކޫލުން ދުކުރާ ފޯމުގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި " އިންނަމާދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން – 2017" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ، ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް ކޮންމެވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ބަދަލުގައި ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަސްޓަރީވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2017 ޖަނަވަރީ 18 ވާ ބުދަދުވަހުގެ މެންދުރު ފަހު 1:30 އަށް

2017 ޖެނުއަރީ 22 ވާ އާދީއްތަދުވަހުގެ މެންދުރު ފަހު 1:30 އަށް

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަޔާންކުރެވިފައިވާ ދުވަސްތަކުގެ ބަޔާންކުރެވިފައިވާ ގަޑިތަކުގައި ހާޒިރުވާނީ، އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ 6580359 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.   

11 ރަބީޢުލްއާޚިރު 1438

09 ޖަނަވަރީ 2017
ހޯދާ