މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޓެބްލެޓް، ޕެން ސްކޭނަރ އަދި ބާކޯޑް ރީޑަރ ސަޕްލައިކޮށްދޭ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭނުމަށް ޓެބްލެޓް، ޕެން ސްކޭނަރ އަދި ބާކޯޑް ރީޑަރ ސަޕްލައިކޮށްދޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/23/2016/107 (31 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި އެއްވެސް ފަރާތެއްގެ އަންދާސީހިސާބުގެ މައުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 25 ވާ ބުދަދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ޖަނަވަރީ 2017
ހޯދާ