ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ތާނގީ ކުއްޔަށްދޫކުރުމަށް

އިޢުލާން

ތެޔޮ ތާނގީ ކުއްޔަށް ދޫކުރުމާ ގުޅޭ

ގދ. ވާދޫ ޖެޓީ ސަރަޙައްދުގައި ހަދާފައިވާ 60،000 (ފަސްދޮޅަސް ހާސް) ލީޓަރުގެ ތެޔޮ ތާނގީ ކުއްޔަށްދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، މި ދެންނެވި ތެޔޮ ތާނގީ ކުއްޔަށްހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. ތެޔޮ ތާނގީ ކުއްޔަށްހިފުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ވިޔަފާރިތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

ޕްރޮޕޯސަލް ހުށަހެޅުން

2017 ޖަނަވަރީ 11 ވާ ބުދަދުވަހުގެ 11:00 އަށް

2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6840005 ނަންބަރު ފޯނާއެވެ.

26 ރަބީޢުލްޢައްވަލު 1438

25 ޑިސެންބަރު 2016
ހޯދާ